Monday, November 9
ގުރައިދޫ އެއާޕޯޓު ހަދަން ބިން ހިއްކަން ފަށައިފި

ތ. ގުރައިދޫގައި ތަރައްޤީކުރާ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީން އިއްޔެ ވަނީ ގުރަިއދޫގައި އެއަރޕޯޓް އެޅުމުގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައެވެ.މި  މަޝްރޫއުއާއެކު އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީން އިއްޔެ އާއްމުކުރި ބަޔާނުގައި ބުނީ، މަޝްރޫޢުގެ އަގަކީ ޖުމްލަ 106.02 މިލިއަން ރުފިޔާ ކަމަށެވެ. މި މަޝަރޫޢުގެ ދަށުން  13.80 ހެކްޓަރުގެ ބިން ހިއްކާއިރު، 979 ސަރަހައްދުގައި ހިލަވެލި ޖަހާނެއެވެ. މީގެ އިތުރުން 609 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖަހާނެއެވެ.

އެމްޓީސީސީން ބުނީ އާބާދީގައި 2272 މީހުން ދިރިއުޅޭ ގުރައިދޫގައި އެއަރޕޯޓް އެޅުމުން  ގެސްޓްހައުސް ވިޔަފާރިއާއި ފަތުރުވެރިކަން އެސަރަޙައްދުގައި ތަރައްޤީވުމުން ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު