ތޮއްޑޫގައި މަގު ހަދާއިރު އެކި ކުލަ ކުލައިގެ ގާ ބޭނުންކުރުމަށް ތޮއްޑޫ ކައުންސިލުން އެދިފައިވާ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މުއްތަލިބް މި މަޢުލޫމާތު ހާމަކުރެއްވީ އިއްޔެ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި މިނިސްޓަރ ވިދާޅުވެފައިވަނީ، ކުރިން މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރަށް މި މަޢުލޫމާތު ދެވިފައިވަނީ ރަނގަޅަށް ނޫން ކަމަށާއި، އެކަން އިސްލާހުކޮށްދެއްވާފައިވާ ކަމަށެވެ.
މިނިސްޓަރ މުއްތަލިބްގެ ވިދާޅުވުމުގައިވާ ގޮތުން، ތޮއްޑޫ ކައުންސިލުން މި އެދުން ހުށަހަޅާފައިވަނީ 8 ޖަނަވަރީ 2024 ގައި ފޮނުވި ސިޓީއަކުންނެވެ. އަދި މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރަށް އަންގަވާފައިވަނީ މި މަޢުލޫމާތު އިސްލާހުކޮށް، ކައުންސިލަށް އަލުން ޖަވާބު ދިނުމަށެވެ.
މީގެ އިތުރުން، މިނިސްޓަރ މުއްތަލިބް ފާހަގަކުރެއްވި ގޮތުގައި، ލޯކަލް ޓޫރިޒަމް ހިންގާ ރަށްތަކުގައި ތާރު އެޅުމުގެ ބަދަލުގައި، ފަތުރުވެރިންނަށް ގަޔާވާނެ ގޮތަށް އެކި ކުލަ ކުލައާއި ޕެޓާންތަކުގެ ގާއަތުރައިގެން މަގު ހެދުމާ ބެހޭ ގޮތުން މަޝްވަރާކުރެވިފައިވެއެވެ.
މި ލިޔުން ކިޔާލުމުން