މި އަހަރުގެ ޙައްޖުގެ އަޅުކަމަށް ރާއްޖެއިން ދާ މީހުންގެ ފުރަތަމަ ގުރޫޕް މިއަދު ހަވީރު ސަޢުދީ ޢަރަބިއްޔާއަށް ފުރައިފިއެވެ. މިއަދު ފުރި ފުރަތަމަ ފްލައިޓުގައި 235 ޙައްޖުވެރިން ދަތުރުކުރިއެވެ.
މި އަހަރު ދިވެހި ޙައްޖުވެރިން ދަތުރުކުރާނީ ސަޢުދިއާ އަދި މޯލްޑިވިއަންގެ ފްލައިޓްތަކުގައެވެ. ޖުމްލަ ހަތަރު ފްލައިޓެއްގައި 1000 ޙައްޖުވެރިން ދަތުރުކުރާނެއެވެ. މި ދަތުރުތައް އޮތީ މިއަދާއި މާދަމާ އަދި 29 ވަނަ ދުވަހާއި 30 ވަނަ ދުވަހުއެވެ.
މި އަހަރަކީ ދިވެހި ޙައްޖުވެރިންނަށް އެންމެ ގިނަ ލުއިތަކާއި ފަސޭހަތައް ލިބޭނެ އަހަރެވެ. މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނުމުން ގިނަ ލުއިތަކެއް ލިބޭނެއެވެ. މީގެ ތެރޭގައި ޖިއްދާ އެއަރޕޯޓުގައި އިމިގްރޭޝަން ފުރިހަމަ ކުރުމާއި ލަގެޖް ނެގުމުގެ ބަދަލުގައި ސީދާ ހޮޓަލަށް ދެވޭނެއެވެ. އަދި ޙައްޖުވެރިންނަށް ރަސްމީކޮށް ޖިއްދާ އެއަރޕޯޓުގައި އިސްތިޤުބާލު ކުރާނެއެވެ.
މިނާގެ ފެންވަރު ރަނގަޅު ކުރުމަށް ކެޓަގަރީ ބީއަށް ބަދަލުކޮށްފައިވާއިރު، މިނާ އަދި ޢަރަފާތުގައި ތިބޭ ޓެންޓުތަކުގައި ކޮންމެ ޙާޖީއަކަށް ޚާއްސަ ސޯފާ އެނދެއް ހުންނާނެއެވެ. އަދި ދިވެހި ޙައްޖުވެރިން ތިބޭ ފޭލިގެތަކުގައި އިތުރު ޤައުމެއްގެ ޙާޖީން ނުތިބޭނެއެވެ.
މި ލިޔުން ކިޔާލުމުން