ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އުރުދުންގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ރަސްގެފާނު ޢަބްދުالله ބިން އަލް-ޙުސައިން ދެވަނަ އާއި ބޮޑުވަޒީރު ޑރ. ޖަފަރް ޙަސަން އަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.
މިގޮތުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ އުރުދުންގެ ރަސްގެފާނާއި ބޮޑުވަޒީރުގެ އިތުރުން އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފައެވެ.
Warm greetings and best wishes to HM @KingAbdullahII and PM HE Dr Jafar Hassan, the government, and the brotherly people of Jordan on the joyous Anniversary of their Independence. I wish Jordan continued peace, progress, and prosperity.
May the Maldives-Jordan ties deepen and… pic.twitter.com/mGnNnAc4Si
— Dr Mohamed Muizzu (@MMuizzu) May 25, 2025
މީގެ އިތުރުން ރައީސް ވަނީ އުރުދުންނަށް ސުލްހައާއި ކުރިއެރުމާއި ތަނަވަސްކަމަށް އެދިވަޑައިގެންފައެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެއާއި އުރުދުންގެ ގުޅުން އިތުރަށް ފުޅާވެ، ދެ ފަރާތަށްވެސް ފައިދާތަކެއް ލިބިގެންދިއުމަށް ރައިސް ވަނީ އެދިވަޑައިގެންފައެވެ.
މި ލިޔުން ކިޔާލުމުން