އާދިއްތަ, November 8
‎އުރުދުންގެ މިނިވަން ދުވަހާ ގުޅިގެން ރައީސް ތަހުނިޔާ ވިދާޅުވެއްޖެ
‎ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އުރުދުންގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ރަސްގެފާނު ޢަބްދުالله ބިން އަލް-ޙުސައިން ދެވަނަ އާއި ބޮޑުވަޒީރު ޑރ. ޖަފަރް ޙަސަން އަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ. މިގޮތުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ އުރުދުންގެ ރަސްގެފާނާއި ބޮޑުވަޒީރުގެ އިތުރުން އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފައެވެ. މީގެ އިތުރުން ރައީސް ވަނީ އުރުދުންނަށް ސުލްހައާއި ކުރިއެރުމާއި ތަނަވަސްކަމަށް އެދިވަޑައިގެންފައެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެއާއި އުރުދުންގެ ގުޅުން އިތުރަށް ފުޅާވެ، ދެ ފަރާތަށްވެސް ފައިދާތަކެއް ލިބިގެންދިއުމަށް ރައިސް ވަނީ އެދިވަޑައިގެންފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު