ސުލްޙަމަސްލަސްކަމަށް ހަނގުރާމައެއް ނެތުމަށްވުރެ ގިނަ ކަންތައްތަކެއް ބޭނުންވާ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ "އިންޓަރނޭޝަނަލް ޑޭ އޮފް މަލްޓިލެޓަރަލިޒަމް އެންޑް ޑިޕްލޮމަސީ ފޮރ ޕީސް" އާ ގުޅިގެން މިއަދު އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ.
As we mark the International Day of Multilateralism and Diplomacy for Peace, amid global conflict, inequality, and climate crisis, we are reminded that peace requires more than the absence of war; it demands dialogue, justice, and collective action. In a divided world,… pic.twitter.com/AWp6A43uRg
— Dr Mohamed Muizzu (@MMuizzu) April 24, 2025
މިގޮތުން ރައީސް ވިދާޅުވީ ދުނިޔޭގެ ކޯޅުންތަކާއި، ހަމަހަމަކަން ނެތުމާއި މޫސުމީ މައްސަލަތަކުގެ ތެރޭގައި މި ދުވަސް ފާހަގަކުރުމުން ހަނދާންކޮށްދެނީ، ހަނގުރާމައެއް ނެތުމަށްވުރެ ގިނަ ކަންކަން ސުލްހައަށް ބޭނުންވާ ކަމަށެވެ.
އެގޮތުން ސުލްހައަށް ބޭނުންވަނީ މަޝްވަރާއާއި އިންސާފާއި އެންމެން އެކުގައި ފިޔަވަޅު އެޅުން ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބައިބައިވެފައިވާ މި ދުނިޔޭގައި މަލްޓިލެޓަރަލިޒަމަކީ އުއްމީދެއް ކަމަށާއި، އޭގެއިން ދައްކައިދެނީ އެއްބާރުލުމާއި އިތުބާރުގެ ތެރެއިން ގޮންޖެހުންތަކުން އަރައިގަނެ، މިއަށްވުރެ ހަމަހަމަ މުސްތަޤުބަލެއް ބިނާކުރެވޭނެކަން ކަމަށެވެ.
މި ލިޔުން ކިޔާލުމުން