ގއ. ކޮނޑޭގެ ފުޓުބޯޅަ ދަނޑުގެ ޓާފް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.
ކޮނޑޭ ފުޓްސަލް ދަނޑަކީ 2020 ވަނަ އަހަރު މަސައްކަތް ނިންމައި، ބޭނުންކުރަން ފެށި ދަނޑެކެވެ.
ގއ.ކޮނޑޭ ފުޓްސަލް ދަނޑުގެ ޓާފް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ pic.twitter.com/pdIlNSGAqy
— Ministry of Sports, Fitness and Recreation (@MoSFR_mv) April 24, 2025
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ބުނީ މި ދަނޑުގެ ޓާފް ބާވެ، ޓާފް ބަދަލުކުރަން އެ ވުޒާރާގައި އެދުމާއެކު، ސަރުކާރުން ވަނީ އެކަން ހައްލުކޮށްދެއްވާފައި ކަމަށާއި، މިގޮތުން އެ ރަށުގެ ފުޓްސަލް ދަނޑަށް ބޭނުންވާ އާ ޓާފް އެ ރަށަށް މިއަހަރު ފޯރުކޮށްދީފައިވާ ކަމަށެވެ.
މީގެ އިތުރުން އެ ވުޒާރާއިން ބުނީ ކޮނޑޭ ކައުންސިލުން ކުރިއަށްގެންދާ ދަނޑުގެ ޓާފް އެޅުމުގެ މަސައްކަތް މަހެއްހާ ދުވަހުގެ ތެރޭގައި ނިމެނޭނެ ކަމަށް ބެލެވޭ ކަމަށެވެ.
ކޮނޑޭއަކީ ފުޓްސަލްގެ މުބާރާތްތައް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ރަށެކެވެ. އެ ރަށުގެ ފުޓްސަލް ޓީމުން އަންނަނީ މާލޭގައި އޮންނަ އަތޮޅު ފެންވަރުގެ މުބާރާތްތަކުގައި ވާދަކޮށް ކާމިޔާބީތައްވެސް ހޯދާފައެވެ.
މި ލިޔުން ކިޔާލުމުން