Saturday, October 31
ކޮނޑޭ ފުޓުބޯޅަ ދަނޑުގެ ޓާފް އެޅުމުގެ މަސައްކަތް ފަށައިފި
ގއ. ކޮނޑޭގެ ފުޓުބޯޅަ ދަނޑުގެ ޓާފް އެޅުމުގެ މަސައްކަތް ފަށައިފިއެވެ. ކޮނޑޭ ފުޓްސަލް ދަނޑަކީ 2020 ވަނަ އަހަރު މަސައްކަތް ނިންމައި، ބޭނުންކުރަން ފެށި ދަނޑެކެވެ. ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ބުނީ މި ދަނޑުގެ ޓާފް ބާވެ، ޓާފް ބަދަލުކުރަން އެ ވުޒާރާގައި އެދުމާއެކު، ސަރުކާރުން ވަނީ އެކަން ހައްލުކޮށްދެއްވާފައި ކަމަށާއި، މިގޮތުން އެ ރަށުގެ ފުޓްސަލް ދަނޑަށް ބޭނުންވާ އާ ޓާފް އެ ރަށަށް މިއަހަރު ފޯރުކޮށްދީފައިވާ ކަމަށެވެ. މީގެ އިތުރުން އެ ވުޒާރާއިން ބުނީ ކޮނޑޭ ކައުންސިލުން ކުރިއަށްގެންދާ ދަނޑުގެ ޓާފް އެޅުމުގެ މަސައްކަތް މަހެއްހާ ދުވަހުގެ ތެރޭގައި ނިމެނޭނެ ކަމަށް ބެލެވޭ ކަމަށެވެ. ކޮނޑޭއަކީ ފުޓްސަލްގެ މުބާރާތްތައް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ރަށެކެވެ. އެ ރަށުގެ ފުޓްސަލް ޓީމުން އަންނަނީ މާލޭގައި އޮންނަ އަތޮޅު ފެންވަރުގެ މުބާރާތްތަކުގައި ވާދަކޮށް ކާމިޔާބީތައްވެސް ހޯދާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު