މެރިއަޓް އިންޓަރނޭޝަނަލް އިން 32 ކުދިން އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމައިފިއެވެ.
މެރިއަޓް އިންޓަރނޭޝަނަލް މޯލްޑިވްސް އެޕްރެންޓިސްޝިޕް ޕްރޮގްރާމް 32 ދަރިވަރަކު ނިންމާ ދަސްވެނިވެއްޖެއެވެ.
މި ދަރިވަރުންނަށް ސެޓްފިކެޓު ހަވާލުކުރުމަށް ބޭއްވި ޙާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތް އެމްޕަވަރމަންޓް، އިންފޮރމޭޝަން އެންޑް އަރޓްސް އިބްރާހީމް ވަހީދު އެވެ.
Minister Ibrahim Waheed joined the graduation ceremony of the second cohort of the Marriott International Maldives Apprenticeship Program, held under the National Apprenticeship Program. A total of 32 young Maldivians graduated today, marking a proud step forward. pic.twitter.com/xYdoekOh1H
— Ministry of Youth Empowerment, Information and Art (@YouthGovMv) April 19, 2025
ޔޫތު މިނިސްޓްރީ އާއި ެރިއަޓް އިންޓަރނޭޝަނަލް މޯލްޑިވްސްއާއި ގުޅިގެން ކުރިއަށްގެންގޮސްފައިވާ މި ޕްރޮގްރާމަކީ ވަޒީފާގެ މާޙައުލުގައި މަސައްކަތްތައް އަދާކުރުމުގައި ތަޖުރިބާކާރުންގެ ފަރާތުން ތަމްރީނާއި ތަޖުރިބާ ޒުވާނުންނަށް ހޯދައިދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރިއަށްގެންގޮސްފައިވާ ޕްރޮގުރާމެކެވެ. މިއަހަރުގެ މި ޕްރޮގްރާމު 32 ޒުވާނަކު ވަނީ ފުރިހަމަކޮށްފައެވެ.
ޔޫތް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ފާއިތުވި 10 މަސްދުވަހުގެތެރޭގައި މި ދަރިވަރުންނަށް ޢަމަލީ ސެޝަންތަކެއްގެ އިތުރުން ތިއަރީ ސެޝަންތަކެއްވެސް ވަނީ ފުރިހަމަކޮށްފައެވެ. މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ ޤަބޫލުކުރާ ފެންވަރުގެ ލެވެލް 3 ގެ ސެޓްފިކެޓެއް މި ތަމްރީން ފުރިހަމަކޮށްފައިވާ ޒުވާނުންނަށް މިހާރު ދީފައިވަކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ލިޔުން ކިޔާލުމުން