ޤައުމެއްގެ ގޮތުގައި ދިވެހީންނަށް ތިބެވޭނީ އާސާރުތައް ހިމާޔަތްކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޤައުމިއްޔަތުގެ އެއް ބަޔަކީ ކާބަފައިން ވާރުތަކޮށްދިން އާސާރުތައް. ޤައުމެއްގެ ގޮތުގައި ދިވެހީންނަށް ދެމިތިބެވޭނީ މި އަގުހުރި ތަރިކަ ޙިމާޔަތްކޮށްގެން. pic.twitter.com/SHRYVd88Tx
— Dr Mohamed Muizzu (@MMuizzu) April 18, 2025
މިގޮތުން ރައީސް ވިދާޅުވީ ޤައުމިއްޔަތުގެ އެއް ބަޔަކީ ކާބަފައިން ވާރުތަކޮށްދިން އާސާރުތައް ކަމަށެވެ. އަދި ޤައުމެއްގެ ގޮތުގައި ދިވެހީންނަށް ދެމިތިބެވޭނީ މި އަގުހުރި ތަރިކަ ޙިމާޔަތްކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދަކީ ދުނިޔޭގެ ތަރިކައިގެ ދުވަހެވެ. މިއީ ކޮންމެ އަހަރެއްގެ ވެސް އެޕްރީލް މަހުގެ 18 ވަނަ ދުވަހު ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރަމުންދާ ދުވަހެކެވެ.
މި ލިޔުން ކިޔާލުމުން