ޕާކިސްތާނުގެ ހުޅަނގު ދެކުނު ސަރަހައްދުގައި ވަކިވެގަތުމަށް މަސައްކަތްކުރާ ބަޔަކު ހައިޖެކް ކުރި ރޭލު ސަލާމަތް ކޮށްފިއެވެ.
450 ދަތުރުވެރިންނާއި އެކު މި ދިޔަ އަންގާރަ ދުވަހު ބަލޯޗިސްތާން ގެ ވެރިރަށް ކުއެޓާ އިން ޕިޝާވަރަށް ދަތުރު ކުރި ޖަފާ އެކްސްޕްރެސް ގެ ރޭލު ހައިޖެކް ކޮށްފައި ވަނީ ބަލޮޗް ލިބަރޭޝަން އާމީ ގެ ނަމުގައި ހަރަކާތްތެރި ވާ ހަނގުރާމަ ވެރި ޖަމާއަތަކުންނެއެވެ.މި އީ ބަލޯޗިސްތާންގައި ވަކި ދައުލަތެއް އުފެއްދުމަށް ހަނގުރާމަ ކުރާ ޖަމާ އަތެކެވެ.
ހަނގުރާމަވެރިން ހަތިޔާރާއި އެކު ރޭލަށް އަރާ ރޭލުގެ ސަލާމަތީ ކަންތައް ބަލަހައްޓާ ދިހަ މީހެއްގެ އިތުރުން ރޭލު ދުއްވަން އިން މީހާވެސް މަރާލައިފައި ވާ ކަމަށް ޕާކިސްތާނުގެ ރޭލު ދަތުރުތަކާއި ބެހޭ އޮފިޝަލުން މައުލޫމާތު ދީފައި ވެއެވެ.މީގެ އިތުރުން ވެސް ދަތުރުވެރިން އަދި ރޭލު ސަލާމަތް ކުރަން ބަދަލު ކުރި ހަމަލާތަކުގައި ރަހީނު ކޮށްފައި ތިބި ދަތުރުވެރިންގެ ތެރެއިން 27 މީހުން މަރުވެ 35 ހަނގުރާމަވެރިންވެސް މަރުވެފައި ވާ ކަމަށް ޕާކިސްތާނުގެ ސަލާމަތީ ކަންތަކާއި ބެހޭ މަސްދަރުތަކުން މައުލޫމާތު ދެއެެވެ.
އަންހެނުންނާއި ކުޑަކުދިން ނިވާފަތް ގަނޑެއްގެ ގޮތުގައި ބޭނުންކުރި ހަނގުރާމަވެރިންނާއި ދެކޮޅަށް އެ ގައުމުގެ އަސްކަރިއްޔާ އިން ހަމަލާތައް ދޭން ފަށާފައިވަނީ މިއަދު ހެނދުނުއެވެ.އަސްކަރިއްޔާ އިން ހަމަލާދީ މީހުން ސަލާމަތް ކޮށްފައިވަނީ އެއްވެސް ހަމަލާ އެއް އަތުވެއްޖެ ނަމަ ރޭލުގައި ތިބި އެންމެން މަރާލާނެ ކަމުގެ އިންޒާރު ހަނގުރާމަވެރިން ދެމުން ދަނިކޮށްނެއެވެ.
ޕާކިސްތާންގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ މި ހަމަލާގެ ފަހަތުގައި ތިބި މީހުން އިންސާފްގެ ކުރި މައްޗަށް ގެންނަން ނުފޮރޮޅާނެ އެއްވެސް ގަލެއް ނޯންނާނެ ކަމަށް ބުނެ ހަނގުރާމަ ވެރިންނަށް އަންގާރަ ދުވަހު އިންޒާރު ދީފައެވެ.
''ބަރަކާތްތެރި ރަަމްލާން މަހު ނިރުބަވެރިން ދިން މި ހަމަލާ އިން އެނގިގެން ދަނީ މި އީ އިސްލާމް ދީން އާއި އެއްވެސް ގުޅުމެއް ނެތް ބައެއްކަން، މުސްލިމުންގެ މިހާ މުގައްދަސް މަހެއްގައި މުސްލިމުން ނުކުމެ މުސްލިމުން ނުމަރާނެ'' ޝަހްބާޒް ޝަރީފް ބުންޏެއެވެ.
ޕާކިސްތާނުގެ ހުޅަނގު ދެކުނު ސަރަހައްދުގައި އިރާން އަދި އަފްގާނިސްތާން އާއި އިންވެގެން އޮންނަ ބަލޯޗިސްތާންގެ އާބާދީ ގާތްގަނޑަކަށް 14 މިލިއަން އަށް އަރައެވެ.ބަލޯޗިސްތާނުގައި އަފްގާނިސްތާން އަދި އިރާންގެ ބާރު ހިނގާ ސަރަހައްދުތައްވެސް ހިމެނެއެވެ.
އަސްލަމް ބަލޮޗް ނަމަކަށް ކިޔާ ހަނގުރާމަވެރިއެއްގެ ކޮމާންޑަރު ކަމުގައި ބަލޮޗް ލިބަރޭޝަން އާމީ އުފެދިފައިވަނީ 2000 ވަނަ އަހަރުއެވެ.ހަމަ އެ އަހަރު ޕާކިސްތާނުގެ އެކި ހިސާބުތަކުގައި ދެވުނު ބޮމުގެ ހަމަލާތަކުގެ ޒިންމާވެސް ވަނީ އެ ޖަމާއަތުން ނަގާފައެވެ.
މި ލިޔުން ކިޔާލުމުން