ގޭސްޓްރިކަށް ބޭނުންކުރާ އިންޖެކްޝަނެއްގައި ކޮލިޓީގެމައްސަލަތަކެއް ފާހަގަކުރެވިފައިވާތީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެ އިންޖެކްޝަން ވިއްކުން މަނާ ކޮށްފިއެވެ.
" ޕެންޓޮޕް 40 އިންޖެކްޝަން" ނަމަކަށް ކިޔާ މި އިންޖެކްޝަން ގައި ކޮލިޓީ މައްސަލަތަކެއް ފާހަގަކުރެވިފައިވާތީ އެ އިދާރާއިން އާއްމުކޮށްފައިވާ އެލާރޓްގައިވާ ބެޗް ނަންބަރުގައިވާ އިންޖެކްޝަން ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުން ކުރުމަކީ ވެސް މަނާކަމަށެވެ.
🚨Alert regarding pantop injection 40, batch EMPH243030.#RodhaigeRoohu @MFDA_mv pic.twitter.com/pPRx8aXuJd
— Ministry of Health (@MoHmv) March 6, 2025
އެ އިންޖެކްޝަން އެއްވެސް ފާމަސީއެއް ނުވަތަ ސިއްހީ ޚިދުމަތްދޭ ތަނެއްގައި ހުރި ނަމަ އެކަން އެންގުމަށް އެމްއެފްޑީއޭން ވަނީ އެދިފަ އެވެ.
ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް، ބޭސް އެއް ތަނުން އަނެއް ތަނަށް ގެންގޮސް އަދި ގުދަންކުރުމުގައި ބަލަންޖެހޭ މިންގަނޑުތައް ހިފެހެއްޓުމަށް ބޭސް އެތެރެކޮށް ވިއްކާ ކުންފުނިތަކަށް މިކަން އަންގާފައިވާނެ ކަމަށް އެމްއެފްޑީއޭން މައުލޫމާތުދެއެވެ.
މި ލިޔުން ކިޔާލުމުން