Monday, November 9
ގޯއާގެ ކްރޫޒްލައިނާއަކުން އައި 600 އަށްވުރެ ގިނަ ފަތުރުވެރިންނަށް ކްލިއަރެންސް ދީފި
600 އަށްވުރެ ގިނަ ފަތުރުވެރިންނާއެކު ބޭރުގެ ކްރޫޒްލައިނާއެއް ރާއްޖެ އަތުވެއްޖެއެވެ. އިމިގްރޭޝަނުން ބުނީ "އެމްއެސް ސެވަން ސީސް މެރައިނަރ" ނަމަކަށް ކިޔާ ކްރޫޒްލައިނާއިން ރާއްޖެ އައި 602 ފަސިންޖަރުންނަށާއި 459 ކްރޫންނަށް ކްލިއަރެންސް ދީފައިވާ ކަމަށެވެ. އިންޑިއާގެ ގޯއާއިން ރާއްޖެ އައި މި ކްރޫޒްލައިނާގެ ފަތުރުވެރިން މާލެ އައިސްފައިވަނީ މިއަދެވެ. ރާއްޖެއަކީ ކްރޫޒްލައިނާތަކުގެ މެދުގައި މަޤުބޫލު މަންޒިލެއް ކަމަށްވާއިރު، މިދިޔަ މާރިޗު މަހުވެސް އިންޑިއާގެ މުމްބާއީން އައި ކްރޫޒްލައިނާއަކުން ރާއްޖެއަށް 609 ފަތުރުވެރިން ވަނީ އައިސްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު