ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޑޮމިނިކަން ރިޕަބްލިކްގެ މިނިވަން ދުވަހާ ގުޅިގެން ތަހުނިޔާ ފޮނުއްވައިފިއެވެ.
މިގޮތުން ރައީސްގެ މެސެޖުގައި ވަނީ ޑޮމިނިކަން ރިޕަބްލިކްގެ ރައީސް ހިޒް އެކްސެލެންސީ ލުއިސް ރުޑޮލްފޯ އަބިނާރދަރ ކޮރޯނާއަށާއި، އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފައެވެ.
މީގެ އިތުރުން ރައީސް ވަނީ ޑޮމިނިކަން ރިޕަބްލިކްގެ ރައީސަށް ދުޅަހެޔޮ ޞިއްޙަތަކާއި އުފާފާގަތިކަމާއި، ޑޮމިނިކަން ރިޕަބްލިކްގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށްވެސް އެދިވަޑައިގެންފައެވެ.
ޑޮމިނިކަން ރިޕަބްލިކްގެ މިނިވަން ދުވަހަކީ 27 ފެބުރުވަރީ 1844 އެވެ.
މި ލިޔުން ކިޔާލުމުން