ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ގަޔާނާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރައީސް ހިޒް އެކްސެލެންސީ މުޙައްމަދު އިރުފާން ޢަލީ އަށާއި، އެ ޤައުމުގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ މާކް ފިލިޕްސްއަށާއި އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ގަޔާނާގެ ރައީސަށާއި ބޮޑުވަޒީރަށް ވަކީން ފޮނުއްވި މެސެޖުތަކުގައި ރައީސް ވަނީ އެ ބޭފުޅުންނަށް ފުރިހަމަ ޞިއްޙަތަކާއި އުފާފާގަތިކަން މިންވަރުކުރެއްވުމަށާއި ގަޔާނާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވައިފައެވެ.
ގަޔާނާގެ ޖުމްހޫރީ ދުވަސް ފާހަގަކުރަނީ، 1970 ވަނަ އަހަރު، އެ ޤައުމު ޖުމްހޫރިއްޔަތަކަށް ބަދަލުވުން އިޙުތިފާލުކުރުމަށެވެ.
މި ލިޔުން ކިޔާލުމުން