މަންޗެސްޓަރ ސިޓީ 3-1 ގެ ނަތީޖާ އަކުން ބަލިކޮށް ރެޔާލް މެޑްރިޑް ޗެމްޕިއަންސް ލީގު ގެ ދެވަނަ ބުރަށް ދަތުރު ކޮށްފިއެވެ.
ޕްލޭ އޮފްގެ ފުރަތަމަ ލެގްގައި އަމިއްލަ ދަނޑުގައި 3-2 ގެ ނަތީޖާ އަކުން ސިޓީ ބަލިވެފައި އޮތުމުން ރޭގެ މެޗަށް ސިޓީ ނުކުތީ ވެސް ހަނި ފުރުސަތަކާއި އެކުއެވެ.
މެޗުގައި ރެޔާލް މެޑްރިޑަށް 3 ގޯލް ވެސް ކާމިޔާބު ކޮށްދިނީ ކިލިޔަން އެމްބާޕޭ އެވެ.މެޗުގެ 04 ވަނަ މިނިޓުގައި އެމްބާޕޭ ފުރަތަމަ ގޯލް ޖަހައިދީ ރެޔާލްގެ ފެށުން ރަނގަޅު ކޮށްދިނެއެވެ.ފުރަތަމަ ހާފްގެ 33 ވަނަ މިނިޓުގައި 02 ވަނަ ގޯލް ޖެހި އިރު ފަހު ގޯލް ޖަހައިދިނީ ފަހު ހާފު ގެ 61 ވަނަ މިނިޓުގައެވެ.
އަނިޔާގެ ސަބަބުން މުހިއްމު ގިނަ ކުޅުންތެރިންނާއި ނުލައި ކުޅުނު ސިޓީގެ ހަމަ އެކަނި ގޯލް ޖަހައިދިނީ ފަހު މިނިޓުގައި ނިކޯ ގޮންޒަލޭޒްއެވެ.މި މެޗުގައި ސިޓީގެ ހާލަންޑް އަދި ޑިބްރޫނާ ވެސް އަނިޔާގެ ސަބަބުން ނުކުޅެއެވެ.
"އަބަދު ސިޓީ މޮޅު ނުވާނެ، ކާމިޔާބީ އަކީ އުމުރަށް ދިގު ދެމިގެންދާނެ ކަމެއް ނޫން، މިހާރުގެ ހާލަތު ގަބޫލް ކޮށް ހާލަތު ބަދަލު ކުރަން މަސައްކަތް ކުރަން ޖެހޭ'' މެޗަށްފަހު ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާ ބުންޏެެއެވެ.
ގާޑިޔޯލާ ބުނީ ފައިގެ ސްކޭންތަކުން ހާލަންޑްގެ އަނިޔާ މާ ބޮޑު ކަމަށް ނުދެއްކި ނަމަވެސް އޭނާ މެޗުގައި ބޭނުން ނުކުރީ ފަޔަށް ތަދުވާތީ ކަމަށެއެވެ.
ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާ އިރު ފްރާންސްގެ ޕީ.އެސް.ޖީ އިން ވަނީ އެ ގައުމުގެ ބްރެސްޓް 7-0 ނަތީޖާ އަކުން ބަލިކޮށް ދެވަނަ ބުރު ކަށަވަރު ކޮށްފައެވެ.އިޓަލީގެ ޔުވެންޓަސް އާއި ހޮލެންޑްގެ ޕީ.އެސް.ވީ ބައްދަލު ކުރި މެޗް 3-1 ގެ ނަތީޖާ އަކުން މޮޅުވެ ދެވަނަ ބުރަށް ދިޔައީ ޕީ.އެސް.ވީ އެވެ
މި ލިޔުން ކިޔާލުމުން