ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ގެމްބިއާގެ މިނިވަން ދުވަހާ ގުޅިގެން، އެ ޤައުމުގެ ރައީސް ހިޒް އެކްސެލެންސީ އަޑަމާ ބަރޯއަށާއި، އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މިގޮތުން ރައީސް މެސެޖުގައި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ގެމްބިއާގެ މިނިވަން ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ރައީސް ހިޒް އެކްސެލެންސީ އަޑަމާ ބަރޯއަށާއި، އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ފޮނުއްވާފައިވެއެވެ.
މީގެ އިތުރުން ރައީސްގެ މެސެޖުގައި ގެމްބިއާގެ ރައީސަށް ދުޅަހެޔޮ ޞިއްޙަތަކާއި އުފާފާގަތިކަމާއި، ގެމްބިއާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައިވެއެވެ.
ގެމްބިއާގެ މިނިވަން ދުވަހަކީ ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހުގެ 18 ވަނަ ދުވަހެވެ.
މި ލިޔުން ކިޔާލުމުން