ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކޮސޯވޯގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސާ ހަރ އެކްސެލެންސީ ޑޮކްޓަރ ވިޔޯސާ އޮސްމާނީ-ސަދްރިއު އާއި ބޮޑުވަޒީރު ހިޒް އެކްސެލެންސީ އަލްބީން ކުރްތީ އާއި އެޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
ރަައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ކޮސޯވާގެ ރައީސާއަށާއި ބޮޑުވަޒީރަށް ރައީސް ޑރ. މުޢިއްޒު ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވަނީ ދެބޭފުޅުންނަށް ދުޅަހެޔޮ ޞިއްޙަތަކާއި އުފާވެރިކަމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން އެމަނިކުފާނުގެ މެސެޖުގައި ކޮސޯވޯގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ކުރިއެރުމާއި ފާގަތިކަމަށްވެސް އެދިވަޑައިގަންނަވާފައިވެއެވެ.
ކޮސޯވޯގެ މިނިވަންދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހުގެ 17 ވަނަ ދުވަހުއެވެ.
މި ލިޔުން ކިޔާލުމުން