ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރެވޭނެމަ، ޤައުމުގެ ތަރައްޤީއަށް އެހީތެރިވާ ހުރިހާ ޤައުމަކާވެސް ގާތް ގުޅުން ބާއްވަން ބޭނުންފުޅުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިގޮތުން ޕީއެސްއެމް އަށް ދެއްވި އިންޓަވިއުގައި ރައީސް ވިދާޅުވީ، އަވައްޓެރިން ވަރަށް މުހިންމުވާނެ ކަމަށާއި، އެ ޙަޤީޤަތެއް ބަދަލެއް ނުވާނެ ކަމަށާއި، އަވައްޓެރިންނަކީ އަޅުގަނޑުމެންގެ އެންމެ ގާތް ރަހުމަތްތެރިން ކަމަށެވެ. ރައީސް ވިދާޅުވީ އެކަން އެހެން އޮތަސް، ދިވެހިންނަށް އެންމެ ފައިދާވާ ހުރިހާ މަގެއް ފަހިކުރަން އެބަޖެހޭކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑު ޚާރިޖީ ސިޔާސަތު އަބަދުވެސް އެއްގޮތަކަށް މި ދަންނަވަނީ. ދިވެހިންނަށް އިސްކަން ލިބެންޏާ، އަޅުގަނޑުމެންގެ މިނިވަންކަން ހިމާޔަތްވެފައި އަޅުގަނޑުމެންގެ ރައްކާތެރިކަން އަޅުގަނޑުމެންނަށް ޔަޤީންވަންޏާ، މިނިވަންކަމާއި ސިޔާދަތު އަޅުގަނޑުމެންނަށް ކަށަވަރުވަންޏާ، އަޅުގަނޑުމެންނަސް ފައިދާވާ ހުރިހާ މަގުތަކެއް އަޅުގަނޑުމެން ބަލަން ބޭނުންވޭ"، ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ޤައުމުގެ ތަރައްޤީއާއި ރައްޔިތުންގެ ކުރިއެރުމަށް މަގުފަހިވާ ގޮތަށް އެހީތެރިކަން ދޭ ހުރިހާ ޤައުމަކާއެކުވެސް ގާތް ގުޅުން ބާއްވަން ބޭނުންފުޅުވާ ކަމަށް އެމަނިކުފާނުގެ ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން