މި ޑިސެންބަރު މަހުގެ 12 ވަނަ ދުވަހު ސަރުކާރުގެ ތިން ވުޒާރާއެއް އަނދައި ހިނގައިދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީ ހިޔާތަކަށް ބަދަލުކުރެވުނު ހަތް ފަރާތެއް، އެ ފަރާތްތަކުގެ ގެއަށް ބަދަލުވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި އަލިފާނުގެ ހާދިސާގައި ވަގުތީ ހިޔާތަކަށް ބަދަލުކުރެވުނު 29 މީހުންގެ ތެރެއިން 7 މީހުންވަނީ އެފަރާތްތަކުގެ ގެއަށް ބަދަލުވެފައިވެއެވެ. އަދި، ބާކީ 22 މީހުންނަށް 5 ދުވަހަށް ވަގުތީ ބޯހިޔާވަހިކަން ވަނީ އިތުރުކުރެވިފައެވެ.
އަލިފާނުގެ ހާދިސާގައި ވަގުތީ ހިޔާތަކަށް ބަދަލުކުރެވުނު 29 މީހުންގެ ތެރެއިން 7 މީހުންވަނީ އެފަރާތްތަކުގެ ގެއަށް ބަދަލުވެފައި. ބާކީ 22 މީހުންނަށް 5 ދުވަހަސް ވަގުތީ ބޯހިޔާވަހިކަން ވަނީ އިތުރުކުރެވިފައި!
— NDMA Maldives (@NDMAmv) December 20, 2024
އަލިފާނުގެ ހާދިސާއާ ގުޅިގެން އެންޑީއެމްއޭ އިން ވަނީ ތިން އިމާރާތެއްގެ ހަތް ގޭބީސީއަކުން 29 މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައެވެ. އެއީ 15 ފިރިހެނުންނާއި 14 އަންހެނުން ކަމަށާއި، އޭގެތެރޭގައި ޞިއްޙީ ޚާއްޞަ އެހީތެރިކަން ބޭނުންވާ ފަރާތެއްވެސް ހިމެނޭ ކަމަށް އެންޑީއެމްއޭއިން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.
މި ލިޔުން ކިޔާލުމުން