ބައިނަލްއަގުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި އާއިލީ ހަވީރުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެއެވެ.
އެމްއެންޑީއެފް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި އާއިލީ ހަވީރު ބޭއްވީ ހިއުމަންރައިޓްސް ކޮމިޝަނާއި އައްޑޫ ސިޓީގެ މުއައްސަސާތައް ގުޅިގެންކަމަށެވެ.
އައްޑޫ ސިޓީގެ ސިޓީ ސްކެއަރގައި ޑިސެންބަރު 11 ވަނަ ދުވަހު ބޭއްވި އާއިލީ ހަވީރުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަންގެ ސްޓޯލެއް ވަނީ ބަހައްޓާފައެވެ.
މި އާއިލީ ހަވީރުގައި އެ ސްޓޯލުން ފޮޓޯ ނެގުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވާއިރު، މި ސްޓޯލަށް ގިނަ ބައެއްގެ ތަރުހީބުލިބިފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
މި ލިޔުން ކިޔާލުމުން