Saturday, November 14
ވީއައިއޭއިން އެއަރ ޓްރެފިކް މޫވްމަންޓްގެ އައު ރެކޯޑެއް ޤާއިމްކޮށްފި

އެއަރޕޯޓްގެ ޓްރެފިކް މޫވްމަންޓްގެ އައު ރެކޯޑެއް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ޤާއިމްކޮށްފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް މިދިޔަ އާދީއްތަ ދުވަހު ވަނީ އެއް ދުވަހެއްގެ ތެރޭގައި 1000 އަށް އަރާފައެވެ. މީގެ ކުރިން އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ އެއަރޓްރެފިކްގެ މޫވްމަންޓްގެ ގޮތުގައި ރެކޯޑް ކޮށްފައިވާ އަދަދަކީ 925 އެވެ.

އޭވިއޭޝަން ދާއިރާގެ ޚަބަރުތައް ގެނެސްދޭ އޭވިއޭޓަރސް މޯލްޑިވްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހޮނިހިރުދުވަހު އެއަރ ޓްރެފިކް މޫވްމަންޓް 1000 އަށް އަރާފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 234 ރަންވޭ މޫވްމަންޓާއި 766 ސީޕްލޭން ދަތުރެވެ.

ރާއްޖޭގެ ވައިގެ ދަތުރަށް އޮތް ޑިމާންޑް ބޮޑުވަމުންގޮސް، މިއީ އެއް ދުވަހެއްގެ ތެރޭގައި އެއާޕޯޓް މޫވްމަންޓް އެއް ދުވަސް ތެރޭގައި 1000 ފަހަނައަޅައި ދިޔަ ފުރަތަމަ ފަހަރެވެ.

މި ކާމިޔާބީއަކީ ހަމައެނަކި ގިނަ އަދަދެއްގެ ފްލައިޓްތައް ބެލެހެއްޓުމުގެ ގާބިލްކަން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ހުރިކަން ދައްކުވައިދޭ ކަމެއް ނޫން ކަމަށާއި މިއީ ރާއްޖެއާއި ދުނިޔޭގެ އެހެން ގައުމުތަކާ ގުޅުވައިދިނުމުގައި އެއާޕޯޓުން އަދާކުރާ މުހިންމު ދައުރު އަންގައިދޭ ކަމެއްގެ ގޮތުގައި އޭވިއޭޓަރސް މޯލްޑިވްސް އިން ވަނީ ސިފަކޮށްފައެވެ.

ކޮންމެ އަހަރަކުވެސް އައު އަހަރާއި ފިނި މޫސުމުގެ ޗުއްޓީއާ ދިމާކޮށް ގިނަ ޢަދަދެއްގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރެއެވެ. އޭގެ ތެރޭގައި ޕްރައިވެޓް ޖެޓުތަކުގައި އަންނަ ފަތުރުވެރިންވެސް ހިމެނެއެވެ. އަމިއްލަ ޖެޓްތަކުގައި ފަތރުވެރިން ރާއްޖެ އަންނަ ނިސްބަތް އިތުރުވުމާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ވަނީ ޖެޓްތައް ޕާކްކުރާނެ ޖާގަވެސް އިތުރުކޮށްފައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު