Thursday, November 5
އިރާނުގެ ހަމަލާތަކުގައި އިސްރާއީލަށް ލިބޭ ގެއްލުންތައް ދަނީ ބޮޑުވަމުން

އިރާނުގެ ބެލިސްޓިކް މިސައިލް ތަކާއި ހައިޕަސޮނިކް މިސައިލްތަކުން އިސްރާއީލުގެ ދިފާއީ ނިޒާމުތައް ފޫއަޅުވާލައި ދެމުންދާ ހަމަލާތަކުން އިސްރާއީލަށް ލިބޭ ގެއްލުންތައް ދުވަހުން ދުވަހަށް ދަނީ ބޮޑުވަމުންނެވެ.

އީރާނުން އިސްރާއީލަށް ދެމުންދާ ހަމަލާތަކުގައި، އަޑުގެ ބާރުމިނަށްވުރެ 16 ގުނަ ބާރަށް ދަތުރުކުރާ ހައިޕަސޮނިކް މިސައިލްތައް ބޭނުންކޮށްގެން އިސްރާއީލުގެ ވައިގެ ދިފާއީ ފަސް ނިޒާމު ފޫއަޅުވާލައިފިކަމަށް އީރާނުގެ އަސްކަރީ ކޮމާންޑަރެއް ކަމަށްވާ އަކްބަރު މުހާޖިރީ ވަނީ ވިދާޅުވެފައެވެ.

މި ހަމަލާތަކުގައި އިސްރާއީލުގެ ވެރިރަށް ޓެލްއަވީވްއާއި އިތުރު ހަތަރު ސިޓީއަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ނުވަ މީހަކު މަރުވެ، 200 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. އީރާނުގެ މިސައިލްތަކުގައި ބޭނުންކޮށްފައިވާ ކޮންމެ ވޯހެޑެއްގައި 2.5 ޓަނުގެ ގޮވާތަކެތި ހުރިކަމަށް ކޮމާންޑަރު މުހާޖިރީ ވިދާޅުވެފައިވެއެވެ.

އިސްރާއީލުގެ އެންމެ ޒަމާނީ ވައިގެ ދިފާއީ ނިޒާމުން ފޮނުވާލާ އެންޓި މިސައިލް ރޮކެޓްތަކުގެ ބާރުމިނަކީ އަޑުގެ ބާރުމިނަށްވުރެ 13 ގުނަ ބާރުމިން ކަމަށްވާއިރު، އީރާނުގެ މިސައިލްތައް ދަތުރުކުރީ އަޑުގެ ބާރުމިނަށްވުރެ 16 ގުނަ ބާރަށެވެ. މިއީ އިސްރާއީލަށް މި މިސައިލްތައް ވައްޓާނުލެވުނު މައިގަނޑު ސަބަބެވެ.

އީރާނުގެ ހައިޕަސޮނިކް މިސައިލެއް އެރި ދެ އިމާރާތެއްގެ ދަށުގައި 35 މީހަކު ތާށިވެފައިވާއިރު، އެ ދެ އިމާރާތުގެ ކޮންކްރީޓްތަކުގެ ދަށުން އަދިވެސް އެ މީހުން ސަލާމަތްނުކުރެވޭ ކަމަށް އިސްރާއީލުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު