އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޔުކްރެއިންގެ ރައީސް އަށް އަނެއްކާވެސް ފާޑު ވިދާޅުވެ ''ހުދުމުހުތާރު" ވެރިއެއް ކަމަށް ސިފަ ކޮށްފިއެވެ.
ޓްރަމްޕް އިންތިހާބު ކާމިޔާބު ކުރި ފަހުން ޔުކްރެއިން، ރަޝިޔާ ހަނގުރާމައިގައި އެެމެރިކާ ގެންގުޅުނު ސިޔާސަތު ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ.އެގޮތުން ހަތިޔާރު އަދި ފައިސާގެ އެހީތައް ޔުކްރެއިން އަށް ފޮނުވުން ވަނީ ވަގުތުން ހުއްޓާލާފައެވެ.
ފްލޮރިޑާގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމް އެއް ނިންމަވާލުމަށް ފަހު ހަބަރުފަތުރާ ވަސީލަތް ތަކާއި ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ ޔުކްރެއިން ހަނގުރާމައިގެ ހުރިހާ ޒިންމާއެއް ޒެލެންސްކީ ނަންގަވަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.އަދި ޒެލެންސްކީ ޔުކްރެއިންގެ ރައީސް ކަމުގެ ޝަރުތު ހަމަނުވާ ކަމަށް ވިދާޅުވެފައެވެ.
''އޭނާ ވެރިކަމުގައި އެހުރީ އިންތިހާބް އަކާއި ނުލައި، އެއީ ނުރައްކާތެރި ހުދުމުހުތާރު ވެރިޔެއް، ރަނގަޅު ތޫނުފިލި ވިސްނުމެއްނެތި ކުރިޔަށް ގޮސްފިނަމަ މުޅި ޔުކްރެއިންގެ މިނިވަން ކަންވެސް ގެއްލިދާނެ" ޓްރަމްޕް، ޒެލެންސްކީ އަށް މުހާތަބު ކޮށް ނޫސްވެރިން އާއި ހަވާލާދީ ވިދާޅުވި އެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވީ ޒެލެންސްކީ އެއީ ބޮޑު ހިޔާނާތްތެރި އެއް ކަމަށާއި އެކަމުގެ އަގު އޭނާ ދައްކަން ޖެހޭނެ ކަމަށެެއެވެ.
2019 ވަނަ އަހަރުގެ މެއި މަހު ޔުކްރެއިންގެ ރައީސް ކަމަށް އިންތިހާބުވި ޒެލެންސްކީގެ 05 އަހަރުގެ ރިޔާސީ ދައުރު ވަނީ ފާއިތުވި 2024 ވަަނަ އަހަރުގެ މެއި މަހަށް ހަމަވެފައެވެ.ނަމަވެސް، ރަޝިޔާ އިން ޔުކްރެއިން އަށް ހަމަލާތައް ދޭން ފެށުމުން ޒެލެންސްކީ ވަނީ ގާނޫން އަސާސީ ސަސްޕެންޑް ކޮށް އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ.
ޓްރަމްޕްގެ ވާހަކަތައް ކުށްވެރިކޮށް ޔުކްރެއިންގެ ހާރިޖީ ވަޒީރު ވަނީ އެ ގައުމުގެ މިނިވަންކަން ދޫ ކޮށްލާނެ އެއްވެސް ހާލަތެއް ނާންނާނެ ކަމަށް ވިދާޅުވެފައެވެ.އަދި އެންމެ ފަހު މީހާ އާއި ހަމަޔަށް ގައުމުގެ ދިފާއުގައި ހަނގުރާމަ ކުރާނެ ކަމުގެ ޔަގީންކަންވެސް ދެއްވި އެވެ.
މި ލިޔުން ކިޔާލުމުން