Saturday, October 31
ބޭންކޮކްގެ ވައި ނުސާފުވެ ގިނަ ސްކޫލްތައް ބަންދުކޮށްފި

ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ ވައި ނުސާވުމުގެ ސަބަބުން ގިނަ ސްކޫލުތަކެއް ބަންދު ކޮށްފިއެވެ. މިގޮތުން މިހާތަނަށް ބެންކޮކްގެ  350 ސްކޫލެއް ވަނީ ބަންދުކޮށްފަ އެވެ.

ސްކޫލްތައް ބަންދުކުރުމުގެ އިތުރުން ސަރުކާރުން ވަނީ އޮފީސްތަކުގެ މަސައްކަތް ވެސް "ވޯކް ފްރޮމް ހޯމް" އަށް ބަދަލުކުރުމަށް އޮފީސްތަކަށް އިރުޝާދުދީފަ އެވެ.

މިހާރު ބެންކޮކް ވަނީ ވައި އެންމެ ބޮޑަށް ނުސާފު ޤައުމުތަކުގެ ތެރެއިން 8 ވަނައަށް އަރާފަ އެވެ.

ވައި ނުސާފުވުމުގެ މައްސަލައަށް ހައްލެއް ނުލިބި އެކަމުގެ ތަކްލީފްތަކާއި ބެންކޮކްގެ ރައްޔިތުން ކުރިމަތީލާތާ މިހާރުވަނީ ދުވަސްތަކެއް ވެފައެވެ.

މި ވަގުތު ބެންކޮކްގެ އެއަރ ކޮލިޓީ އިންޑެކްސް (އޭ ކިއު އައި) އިނީ 159 ގައެވެ. އޭ ކިއު އައި 100 އިން މައްޗައް އެރުމުން ވައި ނުރައްކާތެރި މިންވަރަށް ނުސާފު ކަމަށް ބަލައެވެ.

ބެންކޮކްގެ ގަވަނަރ މިކަމާއި ބެހޭ ގޮތުން ވިދާޅުވީ،  މިއީ ކޮންމެ އަހަރެއްގައި ވެސް މިދުވަސްރާ ދިމާކޮށް ގިނަ އަދަދެއްގެ ކުނި އެންދުމުން ދިމާވާ މައްސަލައެކެވެ.

އޭކިއުއައި އިން ލަފާކުރާ ގޮތުގައި ވައި ސާފުވާނެ ކަމަށް ބެލެވޭނީ އަންނަ ހަފްތާގެ ހޯމަ ދުވަހުގަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު