Saturday, October 31
ތުރުކީގެ ރިސޯޓެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 10 މީހުން މަރުވެއްޖެ

ތުރުކީގެ ސްކީ ރިސޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 10 މީހުން މަރުވެ އިތުރު 32 މީހުންނަށް އަނިޔާވެއްޖެއެވެ. އަނިޔާ ލިބުނު މީހުންނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާއިރު މި އެންމެން މިހާރުވަނީ  ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ފަށާފައެވެ.

ތުރުކީގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާގައި ރިޕޯޓު ކޮށްފައިވާގޮތުން މި ހަދިސާ ހިނގާފައި ވަނީ ރޭގަނޑުގެ ވަގުތު  ހޮޓަލުގެ ރެސްޓޯރެންޓްގައެވެ. އަލިފާނުގެ ހާދިސާ ހިނގި ރެސްޓޯރެންޓް ހުންނަނީ  11 ބުރީގެ އިމާރާތެއްގެ 4 ވަނަ ފަންގިފިލާގައެވެ.

ތުރުކީ ސަރުކާރުގެ އެކި މުއައްސަސާތަކާއި ޖަމްޢިއްޔާތަކުން 267 އަށްުވުރެ ގިނަ މުވައްޒަފުން އަލިފާން ނިއްވާލުމުގައި ހަރަކާތްތެރި ވެފައިވެއެވެ.

އަލިފާން ރޯވި ސަބަބު އަދި ތަހުގީގަށް އެނގިފައި ނުވާއިރު ތަހުގީގުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުން މަރުވި މީހުންގެ ތެރެއިން ދެ މީހަކު މަރުވެފައި ވަނީ އަލިފާން ރޯވި ވަގުތު އެކަމާ ބިރުން އިމާރާތުން ފުންމާލުމުންނެވެ.

މި ހާދިސާ ހިނގި ވަގުތު އެ ހޮޓަލުގައި 234 މީހުން ތިބިކަމަށް މަޢުލޫމާތު ލިބެއެވެ. މިއީ ތުރުކީގެ އެންމެ މަޤްބޫލު ޓޫރިޒަމް މަންޒިލުތަކުގެ ތެރެއިން އެއް މަންޒިލުގައި ހުރި ހޮޓަލެކެވެ. އަދި ސްކީ ސީޒަންގައި އެތައް ހާސް ފަތުރުވެރިން އެތަނަށް ޒިޔާރަތްކުރެއެވެ. 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު