Saturday, October 31
ޓްރަމްޕް އެމެރިކާގެ 47 ވަނަ ރައީސްކަމުގެ ހުވާކުރައްވައިފި

ޑޮނަލްޑް ޓްރަމްޕް އެކެރިކާގެ  ރައީސްކަމުގެ މަޤާމުގެ ހުވާކުރައްވައިފި އެވެ. އެމެރިކާގެ 47 ވަނަ ރައީސް ކަމުގެ ހުވާ ކުރެއްވިއިރު ޓްރަމްޕަކީ މީގެ ކުރިންވެސް އެއް ދައުރު އެމެރިކާގެ ރައީސްކަން ކޮށްފައިވާ ފަރާތެކެވެ.

އާދަޔާ ޚިލާފަށް ފިނި ގަދަވުމުގެ ސަބަބުން ހުވާކުރުމުގެ ރަސްމިއްޔާތު އާއްމުކޮށް ބާއްވާ ސަރަހައްދުގައި ބޭއްވުމުގެ ބަދަލުގައި މިފަހަރު ބޭއްވީ ކެޕިޓަލްގެ ގުއްބު ދަށުން އެތެރޭގައެވެ. މިއީ ވޭތުވެދިޔަ 40 އަހަރުގައި ވެސް މި ރަސްމިއްޔާތު އެތެރޭގައި ބޭއްވުނު ފުރަތަމަ ފަހަރެވެ.

ޓްރަމްޕް ވަނީ ހުވާކުރެއްވުމަށްފަހު ދެއްވި  ތަޤްރީރުގައި ވެރިކަމުގެ ހަތަރު އަހަރުގެ ދައުރުގައި "އެމެރިކާގެ ރަން ޒަމާން" ގެނެސްދޭނެ ކަމަށާއި އަދި  "އެމެރިކާ ފުރަތަމަ" ސިޔާސަތު ގެންގުޅޭނެކަމަށް ވިދާޅުވެފައެވެ.

މި ތަޤްރީރުގައި، މަޤާމާ ހަވާލުވާ ފުރަތަމަ ދުވަހު އަޅުއްވަން ގަސްތުކުރައްވާ ފިޔަވަޅުތަކުގެ ޚުލާޞާއަށް ވެސް ވަނީ ޓްރަމްޕް ވަނީ އަލިއަޅުވާލައްވާފަ އެވެ. މީގެ އިތުރުން ޓްރަމްޕްގެ ތަޤްރީރުގައި އޭނާގެ ސިޔާސީ ވާދަވެރިންނަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ކުރީގެ ވެރިކަންތަކުގައި އެމެރިކާ ބިކަކޮށްފައި ވާކަމަށް ބުނެފައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު