Saturday, October 31
ކާރަކުން ޖައްސައި ގިނަ އަދަދެއްގެ މީހުން މަރާލި މީހަކަށް ޗައިނާގައި މަރުގެ އަދަބު ދީފި

މިދިޔަ ނޮވެމްބަރު މަހު ޗައިނާގައި ކާރަކުން ޖައްސައި 35 މީހުން މަރާލި ހާދިސާގައި ކުށްވެރިވެފައިވާ މީހާގެ މަރުގެ އަދަބު ޗައިނާގައި ތަންފީޒުކޮށްފި އެވެ.

މިއީ ވޭތުވެދިޔަ 10 އަހަރު ތެރޭގައި އެ ޤައުމުގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި ހަމަލާއެެވެ.

ޗައިނާ މީޑިއާތަކުން ރިޕޯޓުކުރާގޮތުން  އޭގެ ދުވަސްކޮޅެއް ފަހުން ހިނގި މިފަދަ އެހެން ހާދިސާއަކާއި ގުޅިގެން ދެވަނަ މީހަކަށްވެސް ވަނީ މަރުގެ އަދަބު ތަންފީޒުކޮށްފަ އެވެ.

21 އަހަރުގެ ޒު ޖިއާޖިން ނަމަކަށް ކިޔާ މީހަކު ވަނީ އިރުމަތީ ސަރަޙައްދުގެ ވުޝީ ސިޓީގައި ހުރި އޭނާގެ ޔުނިވަރސިޓީގައި ވަޅިން ހަމަލާދީ 8 މީހުން މަރާލާފަ އެވެ.

އިންސާނީ ޙައްޤުތަކާބެހޭ ޖަމާޢަތްތަކުން ޤަބޫލުކުރާ ގޮތުގައި ޗައިނާއަކީ ދުނިޔޭގައި އެންމެ ގިނައިން މަރުގެ އަދަބު އަދަބު ތަންފީޒުކުރާ ޤައުމެވެ. އެ ޤައުމުގައި ކޮންމެ އަހަރަކު ހާހުން ގުނާ އަދަދަކަށް މީހުންނަށް މަރުގެ އަދަބު ތަންފީޒުކުރެވެ އެވެ. އެ ޤައުމުން މަރުގެ އަދަބު ތަންފީޒުކުރާ ގޮތާ ބެހޭ ތަފްޞީލުތައް ހާމަނުކުރާތީ، އިތުބާރުހުރި މައުލޫމާތު ލިބެން ނުހުރެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު