Saturday, October 31
އިންޑިއާގެ ޑޮކްޓަރެއް ރޭޕްކޮށް މެރުމުގެ ކުށުގައި ކުށްވެރިވި މިހާ އުމުރަށް ޖަލަށް

އަންހެން ޑޮކްޓަރެއް ރޭޕްކޮށް މަރާލުމުގައި ކުށްވެރިވާ މީހާ އުމުރަށް ޖަލަށްލުމަށް އިންޑިއާގައި  ޙުކުމްކޮށްފި އެވެ.

މި މައްސަލައާއި ގުޅިގެން އިންޑިއާގެ އެކި ހިސާބުތަކުގައި ގިނަ އަދަދެއްގެ މީހުން ވަނީ އިހުތިޖާޖުކޮށްފަ އެވެ. ޚާއްސަކޮށް ސިއްޙީ ދާއިރާގެ މީހުން ވަނީ މިކަމުގައި އަޑުއުފުލާފަ އެވެ. ގިނަ މީހުން ހިތްހަމަނުޖެހުނީ ކުށްވެރިވި މީހާގެ މައްޗަށް މަރުގެ އަދަބު ކަނޑަނޭޅުމުންނެވެ.

މި މައްސަލަ ތަޙުޤީޤުކުރި އިންޑިއާގެ ޖިނާއީ ކުށް ތަޙުޤީޤުކުރާ އެންމެ އިސް އިދާރާ ކަމުގައިވާ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނުން  (ސީބީއައި)  ވަނީ މި މައްސަލައިގައި  މަރުގެ އަދަބު ދިނުމަށް ކޯޓުގައި  އެދިފަ އެވެ.

ނަމަވެސް ފަނޑިޔާރު ވަނީ މި މައްސަލާގައި މަރުގެ އަދަބު ދިނުމަށް އެދި ހުށަހެޅި ހުށަހެޅުން ބަލައިނުގެންފަ އެވެ.

އިންޑިއާގެ ޤާނޫނުން ބުނާގޮތުން, ޖިންސީ އަނިޔާތަކުގެ ޝިކާރައަށްވާ މީހުންނާއި އެމީހުންގެ އާއިލާގެ މެންބަރުންގެ މައުލޫމާތު ހާމަކުރުން މަނާކުރެ އެވެ.

އަދަބު ކަނޑައެޅުނު ރޯއި ވަނީ އޭނާ ކުށެއް ނުކުރާކަމަށް ބުނެފައެވެ. އަދި މަތީ މަރުހަރާގެ ކޯޓުގައި މި ޙުކުމް އިސްތިއުނާފު ކުރާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

އަންހެންކުއްޖާގެ  އާއިލާއިން ބުނެފައިވަނީ އެމީހުން ބޭނުންވަނީ ކުށްވެރިވީ މީހާއަށް މަރުގެ އަދަބު ދިނުމަށް ކަމަށާއި، މި ޙުކުމުން އެމީހުން ހައިރާންވި ކަމަށެވެ.ޙުކުމް އިއްވުމާ އެކު، ގިނަ އަދަދެއްގެ ޑޮކްޓަރުންވެސް ކޯޓު ބޭރުގައި ވަނީ އިހުތިޖާޖުކޮށް، މި ޙުކުމާމެދު ހިތްހަމަނުޖެހޭ ކަން ހާމަކޮށްފައެވެ.

މިދިޔަ އޮގަސްޓު މަހު ކޮލްކަތާގެ ސަރުކާރު ހޮސްޕިޓަލެއްގައި އަނިޔާވެރި ގޮތަކަށް މަރާލެވުނު  މި ޑޮކްޓަރުގެ އޮޓޮޕްސީ ރިޕޯޓުން ބުނާގޮތުން، އޭނާ މަރާލާފައިވަނީ ކަރުގައި ހިފައިގެންނެވެ. އަދި އޭނާގެ ހަށިގަނޑުގައި ހުރި އަނިޔާތަކުން އޭނާ ދިފާޢުވުމަށް މަސައްކަތް ކުރިކަން އެނގޭ ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ

މި މައްސަލައަކީ އިންޑިއާގެ މުޖުތަމަޢުގައި ބޮޑު ބަހުސެއް އުފެދުނު މައްސަލައެކެވެ. އަދި މިފަދަ ކުށްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް ގިނަ ފަރާތްތަކުން ވަނީ  ގޮވާލާފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު