Saturday, October 31
ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި އެއްގޮތަށް އަމަލުކުރަން ރަސްމީކޮށް ފެށިއްޖެ

އިސްރާއީލުން ޢައްޒާގައި ކުރިއަށް ގެންދިޔަ އަނިޔާވެރި ހަނގުރާމަ ނިމުމަކަށް ގެނައުމަށް، އިސްރާއީލާއި ހަމާސް އިން ވެފައިވާ އެއްބަސްވުމަށް އަމަލުކުރަން ރަސްމީކޮށް ފަށައިފި އެވެ.

މިއަދު ހެދުނު  8:30 ގައި މި އެއްބަސްވުމަށް އަމަލުކުރަން ފެއްޓުމަށް ހަމަޖެހިފައިވީ ނަމަވެސް،  ހައްޔަރުގައި ތިބި އިސްރާއީލު މީހުންގެ ލިސްޓް ހަމާސްއިން ދީފައި ނުވާތީ އިސްރާއީލުން ވަނީ ހަނގުރާމަ ހުއްޓާނުލާނެ ކަމަށް އިޢުލާން ކޮށްފަ އެވެ. މިކަމުގެ ސަބަބުން މި އެއްބަސްވުމަށް އަމަލުކުރަން ފެށުން ވަނީ އެތައް އެގަޑިއިރުތަކަށް ލަސްވެފައެވެ.

އެއްބަސްވުމުގެ ދަށުން ފުރަތަމަ ފިޔަވަހީގައި ހަމާސްއިން ދޫކޮށްލަން ހަމަޖެހިފައިވާ ތިން  ރަހީނުންގެ ނަން އިސްރާއިލާ ހިއްސާކުރުމުން، ޣައްޒާގައި މިހާރުވަނީ ހަނގުރާމަ ހުއްޓިފައެވެ.

އިސްރާއީލުގެ ކަމާއި ބެހޭ އިދާރާތަކުން ވަނީ  ދޫކޮށްލާ ރަހީނުންގެ ލިސްޓު ލިބިފައިވާކަން ކަށަވަރުކޮށްދީފައިވެއެވެ.

ޣައްޒާއިން ރިޕޯޓުކުރާ ގޮތުގައި ފަލަސްތީނުގެ އެތައް ހާސް ރައްޔިތުންނެއް މިހާރު ވަނީ ހަނގުރާމައިގެ ތޭރޭގައި ދިއުމަށް ހުއްދަ ނުލިބުނު ސަރަޙައްދުތަކަށް ދިއުމަށް ތައްޔާރުވާންފަށާފަ އެވެ. މީގެ ތެރޭގައި އުތުރު އަދި ދެކުނު ޣައްޒާގެ ޖަބާލިޔާ އަދި ރަފާހް ހިމެނެއެވެ.

ފަލަސްޠީނުގެ ރައްޔިތުން ހެދުނުއްސުރެ ތިބީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެއްޓޭނެ ވަގުތެއްގެ  އިންތިޒާރުގައެވެ. ހަނގުރާމައިގެ ސަބަބުން ވަނީ  ގިނަ ރައްޔިތުންގެ ގެތައް  އެއްކޮށް  ބިމާހަމަވެ، ގެ ހުރި ދިމާލެއްވެސް  ނޭގޭހެން މުޅި ސަރައްހަދު އެއްކޮށް ވީރާނާ ވެފަ އެވެ. ނަމަވެސް ފަލަސްތީނުގެ ރައްޔިތުން ވަނީ ވީރާނާވެފައިވާ ގެތައް މަތީގައި ޓެންޓް ޖަހައިގެން ތިބެންވިޔަސް  އެނބުރި އެ ސަރަހައްދުތަކަށް ދާން ބޭނުންވާ ކަމަށް ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު