Saturday, October 31
އެމެރިކާގައި ޓިކްޓޮކް ބޭނުން ކުރުން ހުއްޓާލައިފި

މިއަދުން ފެށިގެން އެމެރިކާގައި ޓިކްޓޮކް ބޭނުން ނުކުރެވޭގޮތަށް ހަދައިފި އެވެ. ވިޑީއޯ ކޮންޓެންޓް ހަދާ މަޤްބޫލު އެޕްލިކޭޝަން, ޓިކްޓޮކް ބޭނުން ނުކުރެވޭގޮތަށް  އެމެރިކާގައި ހަދާފައި މިވަނީ ޓިކްޓޮކް މަނާކުރާ އައު ޤާނޫނު ތަންފީޒުކުރުމުގެ ގަޑިއިރުތަކެއް ކުރިންނެވެ.

އެމެރިކާގައި މިހާރު މި އެޕްލޮކޭޝަނަށް ވަނުމުން ފެންނަމުން ދާ މެސެގައި ބުނެފައިވަނީ 'ޓިކްޓޮކް މަނާކުރާ ޤާނޫނެއް ފާސްވެފައިވާ ކަމަށާއި، މިވަގުތު ޓިކްޓޮކް ބޭނުން ނުކުރެވޭނެ' ކަމަށެވެ.

އަދި އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެޕަލް އަދި ގޫގުލްގެ އެމެރިކާގެ އެޕް ސްޓޯރުތަކުން މިހާރުވަނީ ޓިކްޓޮކް އެޕްލިކޭޝަން ނަގާފައެވެ.

އެމެރިކާގެ އަލަށް އިންތިޚާބުވެފައިވާ ރައީސް, ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ އޭނާ މަޤާމާ ޙަވާލުވުމަށްފަހު, 90 ދުވަހުގެ މުއްދަތަށް ޓިކްޓޮކް ބޭނުން ކުރެވޭގޮތަށް އިތުރު ކުރައްވާނެކަމަށެވެ. އަދި މިކަމުގައި ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވަޢުދުވެ ވަޑައިގެންފައި ވެއެވެ.

އެމެރިކާގެ ސުޕްރީމް ކޯޓުން ހުކުރު ދުވަހު ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ފާސްކުރި ޤާނޫނު ދަމަހައްޓާފައެވެ. މި ޤާނޫނުން އެމެރިކާގައި ޓިކްޓޮކް އެޕް މަނާކުރެއެވެ.

އެމެރިކާގެ ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުން ވަނީ އެޕްލިކޭޝަން ބަންދުކުރުމުގެ ކުރިން ވަދާއީ މެސެޖްތަކާއި ކަންބޮޑުވުން ފާޅުކޮށް ޕޯސްޓްތައް ކޮށްފަ އެވެ.

ޓިކްޓޮކްއިން ބުނެފައިވަނީ މި ޤާނޫނުގެ ސަބަބުން އެމެރިކާގައި ޓިކްޓޮކް ބޭނުންކުރާ 170 މިލިއަނެއްހާ ފަރާތްތަކުގެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގެންފައި ވާކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު