Saturday, November 14
ދިއްލީގެ ވައި ނުސާފުވެ އާއްމު ސިއްހަތަށް ނުރައްކާ ބޮޑުވެއްޖެ

ދިއްލީގެ ވައި ތަޣައްޔަރުވެ ފެތުރޭ ވިހަ ވައިގެ ސަބަބުން ކޯވިޑް-19 އަށް ވުރެ، އާންމު ސިއްހަތަށް އޮތް ނުރައްކާ ބޮޑު ކަމަށް އެޤައުމުގެ ޞިއްޙަތާއި ބެހޭ އިސް މާހިރަކު އިންޒާރު ދީފި އެވެ.

މިދިޔަ ހަފްތާގައި ދިއްލީގެ ވައި ތަޢައްޔަރުވެފައިވާ މިންވަރު ވަނީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ކަނޑައަޅާފައިވާ ރައްކާތެރި މިންވަރަށް ވުރެ 35 ގުނަ އިތުރުވެފައެވެ. މިކަމާިއ ގުޅިގެން ނޭވާލާން އުނދަގޫވުމުގެ އިތުރުން ލޮލާއި ކަރުތެރޭގައި ރިއްސުމުގެ ޝަކުވާ ރައްޔިތުންނަށް ވަނީ ކުރިމަތިވި ވެފައެވެ.

ޑޮކްޓަރުންނާއި ޞިއްޙީ މާހިރުން އެ ޤައުމުގެ އާއްމުންނަށް ވަނީ މާސްކް އެޅުމަށް ލަފާދީފައެވެ. ވަކިން ހާއްސަކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ވީހާވެސް ގިނައިން ގޭތެރޭގައި މަޑުކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

އިންޑިއާގެ އެއާ ޓެކްނޮލޮޖީ ކުންފުނި އައި.ކިއު.އެއާ ގެ ގްލޯބަލް ޗީފް އެގްޒެކެޓިވް ފްރެންކް ހެމްސް ވިދާޅުވީ މިއީ ކުރު މުއްދަތަކަށް އެޅިގެންދާ ފިޔަވަޅެއް ކަމަށާއި މިކަމަށް ހައްލު ގެނައުމަށް އިތުރު އެތައް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ބުނެފައެވެ.

ވިހަ ވައިގެ ސަބަބުން މަރުވާ މީހުންގެ އަދަދުން ފެށިގެން އައިކިއު ލެވެލްއާ ހަމައަށް އަސަރުކުރާ ގޮތް ކިޔައިދެމުން އޭނާ ބީބީސީއަށް ވިދާޅުވީ ވައި ތަޣައްޔަރުވުމުގެ މިންވަރު ބިރުވެރިވުމަކީ އާންމު ސިއްހަތުގެ ބަލިމަޑުކަމެއް ކަމަށެވެ.

"މިކަމުގެ ސަބަބުން އާންމު ސިއްހަތަށް ކޯވިޑް-19 އަށް ވުރެ މާ ބޮޑު އަސަރެއް ކުރާނެ" ފްރެންކް ހެމްސް ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ފިނި މޫސުމާއި ދިމާކޮށް ދިއްލީ އާއި ކައިރީގައިވާ އަވަށްތަކަށް ވައިގެ ބާރުމިން ދަށްވުމާއި އުޅަނދުފަހަރުން ދޫކުރާ ގޭސްތަކުގެ ސަބަބުން ވައި ތަޢައްޔަރުވެއެވެ.

މޮނިޓަރިން ކުންފުނި އައިކިއުއެއާ އިން ބުދަ ދުވަހު ބުނި ގޮތުގައި، 30 މިލިއަން މީހުން ދިރިއުޅޭ މި ބޮޑު ސިޓީގައި ވައިގެ ކޮލިޓީ ވަނީ "ނުރައްކާތެރި" މިންވަރުގަ އެވެ. އަދި ކިއުބިކް މީޓަރަކަށް 550 މައިކްރޯގްރާމް ޕޮލިއުޓަންޓްސް ހުރިކަމަށް ދައްކަ އެވެ. މިއީ ދުނިޔޭގެ އެންމެ ގޯސް ހާލަތެވެ.

ވައި ތަޣައްވަރުވުން ހައްލުކުރުމަށް އިންޑިއާ ސަރުކާރުން މިހާތަނަށް ކުރި މަސައްކަތް ކާމިޔާބެއް ނުވެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު