Saturday, October 31
ޖަޕާނުގައި ޤަވާއިދާއި ޚިލާފަށް ކުނި އުކާ މީހުންގެ ނާން ހާމަކުރަނީ

ކުނީގެ މައްސަލަ ޙައްލުކުރުމަށް، އެކުލަވާލި ހަރުކަށި ޤަވާޢިދެއްގެ ދަށުން ޖަޕާނުގެ "ފުކްޝީމާ" ސިޓީގައި ޤަވާޢިދާ ޚިލާފަށް ކުނި އުކާ މީހުންގެ ނަން އާއްމުކޮށް ލަދުގަންނަވަން ނިންމައިފިއެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި މުނިސިޕަލް ބައްދަލުވުމެއްގައި މި ޤަވާޢިދު ފާސްކޮށްފައި މި ވަނީ ޖަޕާނުން ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

އަންނަ މާރިޗް މަހުން ފެށިގެން ފުކުޝިމާ ސިޓީގައި އުކާލާފައި ހުންނަ ކުނިކޮތަޅުތަކުގެ ތެރެއިން  ރަނގަޅަށް  ކުނީގެ އެކި ބާވަތްތައް ވަކިކޮށްފައި ނެތުމާއި، ވަކި ސައިޒަކަށްވުރެ ބޮޑު ކުނިކޮތަޅު އުކާލާމީހުން ހޯދާ އެއީ ކޮންބައެއްކަން އާއްމު ކުރުމަށް ވަނީ ނިންމާފައެވެ.

ފުކުޝިމާގައި މި ފާސްކުރި އައު ގަވާއިދުގެ ދަށުން ހަފްތާއެއްހާ ދުވަހު ކުނި ރަނގަޅަށް ވަކިކޮށް ތަރުތީބު ނުކޮށް ހުރެއްޖެނަމަ މެއިލްގެ ޒަރީޔާއިން އަންގާނެއެވެ. މީގެ އިތުރުން ގަވާއިދާ ހިލާފުވާ ފަރާތްތަކަށް އަނގަބަހުން އިންޒާރު ދިނުމާއި، އޭގެ ފަހުން ލިޔުމުން އެންގުމުގެ ކުރިން ސަރުކާރުގެ ވެބްސައިޓުގައި އެމީހުންގެ ނަން ހަމަކުރެވޭނެއެވެ.

މިހާރު އަމަލު ކުރަމުންދާ ޤަވާޢިދުގެ ދަށުން ކުނި ނައްތާލުމުގެ ގަވާއިދަށް ނުފެތޭ ކުނި އެއްކުރުމުގެ ބަދަލުގައި  ކުނި ނެގުމުގެ މަސައްކަތް ކުރާ މުނިސިޕަލް މުވައްޒަފުން  ކުނި ކޮތަޅުތަކުގައި ސްޓިކާ ޖަހާ ރައްޔިތުންނަށް އެ ގަވާއިދާ ހިލާފުކަން އަންގަ އެވެ. އެއަށްފަހު އެ ބަޔަކު ޖެހޭނީ އެމީހުންގެ ކުނި އަނބުރާ ގެންގޮސް، އަލުން ވަކިކޮށް އެ ސަރަހައްދައް ޖަމާކުރާށެވެ.

ކުނި ނައްތާލުމުގެ އެންމެ ހަރުކަށި އުސޫލުތަައް ގެންގުޅޭ ޤައުމުގެ ގޮތުގައި ފަޚުރުވެރިވާ ޖަޕާނުން އެޅި މި ފިޔަވަޅަކީ ތަފާތު ކުނިތައް ވަކިކޮށް އުކާނުލާ މީހުންނަށް އުނދަގޫ ކަމަކަށް ވެދާނެކަމަށް އެޤައުމުން ބުނެއެވެ.

ޖަޕާނުގެ ގިނަ ސިޓީތަކުން ކުނިކޮތަޅުތައް ހުޅުވާފައި ކުނިތައް ޗެކް ކުރެއެވެ. އަދި ބައެއް ސިޓީތަކުން ޤަވާޢިދާ ޚިލާފުވާ ވިޔަފާރިތަކުގެ މައުލޫމާތު ހާމަކުރުމުގެ ހުއްދަދެއެވެ. އެހެން ނަމަވެސް ފުކުޝިމާ އަކީ އާއްމުންނާއި ވިޔަފާރިތަކުގެ ނަން ހާމަކުރަން ރާވާފައިވާ ފުރަތަމަ ސިޓީ ކަމަށް އެ ޤައުމުގެ މީޑިއާތަކުން ބުނެއެވެ.

މިދިޔަ އަހަރު ފުކުޝިމާގައި ގަވާއިދާ ހިލާފަށް ކުނި އުކާލުމުގެ 9،000 އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު