އާދިއްތަ, November 1
ރޮނާލްޑޯގެ ދެ ގޯލާއިއެކު ޕޯޗުގަލް ކުއާޓާއަށް

ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ބޮޑު ނަތީޖާއަކުން ޕޮލެންޑް ބަލިކޮށް، ޕޯޗުގަލުން ކުއާޓާ ފައިނަލްގެ ޖާގައެއް ޔަގީން ކޮށްފިއެވެ.

ޕޯޗުގަލްގެ ޑްރަގާއޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޕޯޗުގަލްއިން ކާމިޔާބުކޮށްފައިވަނީ 5-1 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ދެ ލަނޑު ޖަހައިދީފަ އެވެ.

މެޗުގައި ޖެހި ހުރިހާ ލަނޑެއްވެސް ޖަހައިދީފައި ވަނީ މެޗުގެ ދެވަނަ ހާފުގައެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައިދިނީ 59 ވަނަ މިނިޓްގައި ރަފައެލް ލެއާއޯއެވެ. އަދި 72 ވަނަ މިނެޓުގައި އުމުރުން 39 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޕެނަލްޓީއެއްގައި ޕޯޗުގަލް ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ 80 ވަނަ މިނެޓުގައި ބުރޫނޯ ފާނެންޑޭޒްގެ ލަނޑަކާއި، 83 ވަނަ މިނެޓުގައި ޕެޑްރޯ ނޭޓޯ ވެސް ވަނީ އިތުރު ލަނޑެއް ޖަހައިދީފައެވެ. މެޗުގެ 87 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ފަސްވަނަ ލަނޑު ޖަހައިދީފަ އެވެ.

އަދި ޕޮލެންޑްގެ ހަމައެކަނި ލަނޑު ޖަހައިދިނީ 88 ވަނަ މިނިޓްގައި ޑޮމިނިކް މާކްޒަކެވެ.

މި ނަތީޖާ އާއެކު ލީގު އޭގެ ގުރޫޕުގެ އެކެއްގައި ކުޅުނު ފަސް މެޗުން ލިބުނު 13 ޕޮއިންޓާއިއެކު ޕޯޗުގަލް އެއްވަނައިގައި އޮވެ ކުއާޓާއަށް ދަތުރު ކޮށްފައި ވާއިިރު، ކުޅުނު ފަސް މެޗުން ހަތަރު ޕޮއިންޓާއެކު، ޕޮލެންޑް އޮތީ ތިންވަނައިގަ އެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު