އާދިއްތަ, November 1
ޔުއެފާ ނޭޝަންސް ލީގު: ޕޮލެންޑް ބަލިކޮށް ޕޯޗުގަލްއިން ތާވަލް ގެ އެެއްވަނައަށް

ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އެކެއްގައި ރޭ ޕޯޗުގަލާއި ޕޮލެންޑް ބައްދަލުކުރި މެޗު ޕޯޗުގަލްއިން ކާމިޔާބުކޮށްފިއެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ލީޑް ނެގީ ޕޯޗުގަލްއިންނެވެ. މި ލަނޑު މެޗްގެ 26 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ބާނާޑޯ ސިލްވާއެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ކްރިސްޓިއާނޯ ރޮނާލްޑޯއާއި ރޮބަޓް ލެވަންޑޯސްކީ ބައްދަލުކުރި މި މެޗްގެ ދެވަނަ ލަނޑު 37 ވަނަ މިނެޓްގައި ޕޯޗުގަލްއިން ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިލަނޑަކީ ޕޯޗުގަލްއަށް އޭނާ ޖަހައިދިން 133 ވަނަ ލަނޑެވެ.

މެޗްގެ ފުރަތަމަ ހާފު ނިމުނީ 0-2 އިން ޕޮލެންޑަށް ލަނޑެއް ނުޖެހިއެވެ.

ދެވަނަ ހާފްގައި ޕޮލެންޑުން ވަނީ ފުރަތަމަ ގޯލު ޖަހައިފައެވެ. މި ލަނޑު ޕޮލެންޑަށް ކާމިޔާބުކޮށް ދިނީ 78 ވަނަ މިނިޓްގައި ޕިއޮޓްރ ޒިއެލިންސްކީއެވެ. އަދި މެޗްގެ 88 ވަނަ މިނެޓްގައި ވަނީ  ޕޮލެންޑުން ގޯސް ހަދައި ބައި ކޮޅަށް ލަނޑެއް ވައްދައިފައެވެ.

މިމެޗް 3-1 ގެ ނަތީޖަ އަކުން ޕޯޗުގަލްއިން މޮޅުވިއިރު، މެޗުގެ މޮޅުކުޅުންތެރިޔާކަން ކާމިޔާބުކުރީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

މި ނަތީޖާއާއެކު ޕޯޗުގަލް އޮތީ 9 ޕޮއިންޓާއެކު، ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ލީގު އޭ ގްރޫޕް 1 ގެ ޕޮއިންޓް ތާވަލުގެ އެންމެ ކުރީގައެވެ. މެޗުން ބަލިވި ޕޮލެންޑް އޮތީ ކުޅުނު ތިން މެޗުން ލިބުނު 3 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު