އާދިއްތަ, November 15
ފަހު މިނެޓުގައި ޖެހި ލަނޑުން ބަންގްލަދޭޝް ބަލިކޮށް ޕާކިސްތާން ސާފް ފައިނަލަށް

ސާފް ޗެމްޕިއަންޝިޕް 2026 ގެ ސެމީ ފައިނަލުގައި ފަހު މިނެޓުގައި ޖެހި ލަނޑުން މުބާރާތް ހޯސްޓްކުރާ ބަންގްލަދޭޝް 1-0 އިން ބަލިކޮށް، ޕާކިސްތާނުން ފުރަތަމަ ފަހަރަށް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ޑާކާ ނެޝަނަލް ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މެޗުގެ ހަމައެކަނި ލަނޑު ޕާކިސްތާނަށް ކާމިޔާބުކޮށްދިނީ އަބްދުލް އަރްޝަދެވެ.

މި ނަތީޖާއާއެކު ބަންގްލަދޭޝްގެ ދަތުރު ވަނީ ސެމީ ފައިނަލުގައި ނިމިފައެވެ. ބަންގްލަދޭޝްއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައިވަނީ 2003 ވަނަ އަހަރުއެވެ.

ފައިނަލް ކުޅޭނީ އަންނަ އަންގާރަ ދުވަހުއެވެ. އެ މެޗުގައި ޕާކިސްތާނާ ވާދަކުރާނީ ޖެހިޖެހިގެން 10 ވަނަ ފަހަރަށް ފައިނަލަށް ދިޔަ އިންޑިއާއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު