Tuesday, October 27
ކާވާ ވިމެންސް ވޮލީ މުބާރާތުގެ ފައިނަލަށް ރާއްޖެ ދަތުރުކޮށްފި

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ޗެލެންޖު ކަޕްގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ރާއްޖެ އާއި ތަޖިކިސްތާން ވާދަ ކުރި މެޗު ރާއްޖެ ކާމިޔާބުކޮށް ފައިނަލުން ޖާގަ ހޯދައިފިއެވެ.

ސޯޝަލް ސެންޓަރުގައި ކުރިއަށްދިޔަ މި މެޗު ރާއްޖޭން ކާމިޔާބުކޮށްފައިވަނީ 1-3 ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު ރާއްޖޭން ކާމިޔާބުކޮށްފައިވަނިކޮށް ތަޖަކިސްތާނުން ވަނީ ދެެވަނަ ސެޓް ކާމިޔާބުކޮށް ނަޖީތާ 1-1 އަށް ހަދާފައެވެ. މި ސެޓް ތަޖަކިސްތާނުން ނެގި ނމަވެސް ރާއްޖޭގެ ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް މޮޅު ކުޅުމެއް މި ސެޓުން ވެސް ފެނިގެންގޮސްފައިވެއެވެ.

ކާވާ ވިމެންސް ވޮލީބޯލް ޗެލެންޖުގެ ފައިނަލްގައި ވާދަކުރާނީ ރާއްޖެއާއި ކިރްގިސްތާނެވެ. މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި ތަޖިކިސްތާން އާއި އަފްޣާނިސްތާނު ވާދަކުރާއިރު، މި މެޗު ފަށާނީ މާދަމާ ހަވީރު 4:15ގައެވެ. އަދި ފައިނަލްގައި ރާއްޖެ އާއި ކިރްގިސްތާން ވާދަކުރާ މެޗު ކުޅޭނީ މާދަމާ ރޭ 8:30 ގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު