Tuesday, October 27
އެތުލީޓުންނާއި އޮފިޝަލުންގެ އިންޝުއަރެންސް އަންނަ އަހަރު ހަމަޖެހޭނެ: މިނިސްޓަރު ރާފިއު

ގައުމީ އެތުލީޓުންނާއި، އޮފިޝަލުންގެ އިންޝުއަރެންސްގެ ކަންތައްތައް އަންނަ އަހަރު ހަމަޖެހިގެންދާނެކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ސްޕޯޓްސް މިނިސްޓްރީގެ މަސައްކަތްތައް އަދާހަމަކޮށް، އެމައުލޫތު ހިއްސާކުރެއްވުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

މިނިސްޓަރު ރާފިއު ވިދާޅުވީ، ގައުމީ އެތުލީޓުން ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރަ އެއްވަރުކޮށް އިތުރު ކުރުމަށްޓަކައި، މިހާރު މުސާރަދޭ އުސޫލު މުރާޖައާކުރުމުގެ މަސައްކަތް ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން މިހާރު ކުރަމުން އަންނަކަމަށެވެ.އަދި، ކުޅުންތެރިންނާއި އޮފިޝަލުންގެ އިންޝުއަރެންސަށް ބޭނުންވާ ފައިސާ 2025 ވަނައަހަރުގެ ދައުލަތުގެ ބަޖެޓަށް ހުށަހަޅާފައިވާކަމަށާއި އަންނަ އަހަރު އެކަން ހަމަޖެހިގެންދާނެކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މިއަހަރު ކުޅިވަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ ފުރަތަމަ ފަހަރަށް ދިވެހި އެތުލީޓަކު އޮލިމޕިކްސް ގޭމްސްއަށް ކޮލިފައި ވުންކަމަށެވެ. އަދި، މިއަހަރުގެ އޮލިމްޕިކްސް ގޭމްސްގައި ހަތަރު ކުޅިވަރަކުން ފަސް އެތުލީޓުން ވާދަކޮށްފައިވާއިރު މިއީ، އެންމެ ގިނަ އެތުލީޓުން ބައިވެރިވި ފަހަރުކަން ފާހަގަކުރެއްވި އެވެ.

މި ސަރުކާރުގެ މިވީ ނުވަމަސްދުވަހުގެ ތެރޭގައި،މިހާތަނަށް ބައިނަލްއަގުވާމީ 10 މުބާރާތެއް ރާއްޖޭގައި ބާއްވާފައިވާއިރު، މިހާރު ޒުވާނުންގެ މަރުކަޒުގައި ކުރިޔަށްދާ މުބާރާތާއެކު އިތުރު 6 ބައިނަލްއަގުވާމީ މުބާރާތެއް ރާއްޖޭގައި ބާއްވަން މިހާރު ނިންމާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރުގެ ވާހަަކަފުޅުފައި މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޓްރެއިނިންގ އިންސްޓިޓިއުޓްއިން މި ނުވަމަސްދުވަހު ހިންގާފައިވާ ކޯސްތަކުގެ ތަފުސީލު ހާމަކުރެއްވި އެވެ. އެގޮތުން އެ އިންސްޓިޓިއުޓުން ތަފާތު 6 ދާއިރާއަކުން 8 ކޯހެއް ހިންގާފައިވާއިރު، އެކޯސްތަކުން ޖުމްލަ 129 މީހުން ތަމްރީނުވެފައިވާކަމަށް ވިދާޅުވިއެވެ. އޭގެތެރޭގައި، 31 ކޯޗުންނާއި، 21 ފިޓްނެސް އިންސްޓްރަކްޓަރުންނާއި، 59 ރެފްރީން އަދި އަމްޕަޔަރުން އަދި 14 މީޑިއާގެ ފަރާތްތައް ތަމްރީންކުރެވިފައި ވެއެވެ.

ކޮމިޝަނަރ އޮފް ސްޕޯއަޓްސްގެ މަސައްކަތްތަކަށް ބަލާއިރު 76 ކުޅިވަރު ކްލަބް ،3 އެސޯސިޢޭޝަން ރަޖިސްޓްރީކޮށް، ގައުމީ 2 އެސޯސިއޭޝަނެއްގެ ހިންގާ ގަވައިދު ފާސްކުރެވުނުކަން ފާހަގަކުރެއްވި އެވެ. އަދި، ކުޅިވަރު ޖަމްއިއްޔާތަކުން ހުށަހަޅާ އަހަރީ ރިޕޯޓްތަކުގައި ހުރި މައްސަލަތައް ބަލައި، ޖުމްލަ 59 ރިޕޯޓްގެ މައްސަލަ ހައްލުކޮށް ޖަމްއިއްޔާތަކަށް ލިޔުން ހަވާލުކޮށްފައިވާއިރު،ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އަހަރީ އާންމު ޖަލްސާތަކުގައި ބައިވެރިވެ، ބޭނުންވާ ގާނޫނީ ލަފާ 14 އެސޯސިއޭޝަނަކަށްދީފައިވާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ،މިދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި،887 ކުޅުންތެރިންނާއި އޮފިޝަލުން އެކި ކުޅިވަރުތަކަށް ވީއްލާފައިވާކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު