Tuesday, October 27
މިއަހަރު ކުޅިވަރުގެ ޕީއެސްއައިޕީ މަޝްރޫއުތަކަށް 127 މިލިއަން ޚަރަދުކޮށްފި

ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމްގެ ދަށުން މިއަހަރުގެ މިހާތަނަށް، ކުޅިވަރު ދާއިރާގެ މަޝްރޫއުތަކަށް 127 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ ސްޕޯޓްސް މިނިސްޓްރީގެ މަސައްކަތްތައް އަދާހަމަކޮށް، އެމައުލޫތު ހިއްސާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، މިދިޔަ އަހަރު ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ޚަރަދުކުރެވިފައިވަނީ 123 މިލިއަން ރުފިޔާކަން ފާހަގަކުރައްވައި، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހާ ހަމަޔަށް 127 މިލިއަން ރުފިޔާގެ ގެ ޕީއެސްއައިޕީގެ މަޝްރޫއުތަކަށްް ޚަރަދުކޮށްފައިވާކަން ބަޔާންކުރެއްވި އެވެ.

މީގެ އިތުރުން މި ސަރުކަރުގެ މިދިޔަ ނުވަ މަސްތެރޭގައި ކުޅިވަރުގެ އެކި މަޝްރޫއުތަކަށް ޖުމްލަ 118 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ވިދާޅުވި އެވެ. އޭގެތެރޭގައި، ފުޓްބޯޅަ ދަނޑުތަކާއި، ވޮލީ ކޯޓްތަކާއި، ފުޓްސެލް ދަނޑުތަކާއި އަދި އަުޓްޑޯ ޖިމްތަކާއި ކުޅިވަރުގެ އެހެނިހެން ވަސީލަތްތައް ގާއިމުކުރުމަށް ކުރި ހޭދަ ހިމެނިފައިވާކަން ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ، މިވަގުތު ރާއްޖޭގެ ހުރިހައި ރަށެއްގައި ޖުމްލަ 264 މިހާރު ކުރިޔަށް ދާކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު