Saturday, October 31
ކާވާ މެންސް ޗެމްޕިއަންސް ލީގް ފަށައިފި

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ފިރިހެން ވޮލީބޯޅަ މުބާރާތް ފަށައިފިއެވެ.

މި މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވަނީ މުބާރާތުގެ ޓްރޮފީވެސް ދައްކާލައިފައެވެ.

މުބާރާތުގެ ހުޅުވުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ ސެންޓްރަލް އޭޝިއާގެ ވަރުގަދަ ކުލަބުތަކާއިއެކު މި މުބާރާތް ރާއްޖޭގައި ބޭއްވުމަކީ ލިބޭ ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ. އަދި މި މުބާރާތުގެ ސަބަބުން ދިވެހިރާއްޖޭގެ ވޮލީބޯޅައަށް ގިނަ ފައިދާތަކެއް ކުރާނެކަމަށްވެސް ވިދާޅުވިއެވެ.

ކާވާ ޗެމްޕިއަންސް ލީގުގެ ފިރިހެން ޑިވިޝަނުގައި ހަތަރު ގައުމަކުން ފަސް ޓީމްތަކުން ވާދަކުރެ އެވެ. އެއީ ދިވެހިރާއްޖެ، ސްރީލަންކާ، ކިރިގިސްތާންގެ އިތުރުން ނޭޕާލް އެވެ. ރާއްޖޭން ވާދަކުރާ ދެ ޓީމަކީ ދިވެހި ސިފައިންގެ ކްލަބް އަދި ކްލަބް އެޗްޑީސީ އެވެ.

މި މުބާރާތުގައި ވާދަކުރަން ރާއްޖޭގެ ސިފައިންނާ އެޗްޑީސީ އަށް ފުރުސަތު ލިބުނީ މިދިޔަ އަހަރުގެ ފިރިހެން ވޮލީބޯޅަ ސީޒަނުގައި އެންމެ ރަނގަޅު ނަތީޖާ ނެރުނު ދެ ޓީމަށްވުމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު