Saturday, October 31
ފީބާ އޭޝިއާ ކަޕް ސާބާ ކޮލިފައިންގައި ވާދަކުރާ ދެ ޓީމަށް ވަޒީރު ރާފިޢު ޖާޒީ ހަވާލުކޮށްދެއްވައިފި

ފީބާ އޭޝިއާ ކަޕް ސާބާ ކޮލިފައިންގައި ގައި ވާދަކުރާ ދެ ޓީމަށް، ކުޅީވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ޖާޒީ ހަވާލުކޮށްދެއްވައިފިއެވެ.

ފީބާ އޭޝިއާ ކަޕް ސާބާ ކޮލިފައިންގެ މެޗުތައް ކުރިއަށްދާނީ މިމަހުގެ 12 އިން 16 އަށް މާލޭ ސޯޝަލް ސެންޓަރުގައެވެ. ދެ ޓީމްގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްދެއްވީ ކުޅިވަރު ވަޒީރު، ޢަބްދުﷲ ރާފިޢުއެވެ. މީގެ އިތުރުން ޒުވާން ބާސްކެޓްބޯޅަ ޓީމްގެ ފަރާތުން ކުޅިވަރު ވަޒީރަށްވަނީ ބާސްކެޓްބޯޅަ ބޫޓެއް ހަދިޔާކޮށްފައެވެ.

މިކަމަށްޓަކައި ދިރާގުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކުޅީވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ރަޝީދްގެ އިތުރުން މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ އިސްވެރިންވެސް ބައިވެރިވެވަޑަައިގެންނެވިއެވެ.

ފީބާ އޭޝިއާ ކަޕް ސާބާ ކޮލިފައިންގައި ދިވެހިރާއްޖޭގެ އިތުރުން 3 ޤައުމަކުން ވާދަކުރާނެއެވެ. އެއީ ސްރީލަންކާ، އިންޑިއާ އަދި ބަނގްލަދޭޝެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު