މި ހިނގާ އެޕްރީލް މަހުގެ 26 ވަނަ ދުވަހު ކުޅޭ ކޮޕާ ޑެލްރޭގެ ފައިނަލް މެޗަށްފަހު، ރެއާލް މެޑްރިޑްގެ ކޯޗު، ކާލޯ އެންޗެލޯޓީ، އެ ކުލަބު ދޫކޮށްލާނެ ކަމަށް ޚަބަރުތައް ބުނެފިއެވެ.
ރެއާލް އާއެކު އެންޗެލޯޓީގެ މުސްތަޤުބަލާމެދު ސުވާލު އުފެދިފައި މިވަނީ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގައި ބުދަ ދުވަހު އާސެނަލް އަތުން ބަލިވުމާ ގުޅިގެންނެވެ.
ބޭރުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ސެވީލްގައި އޮންނަ ކޮޕާ ޑެލް ރޭގެ ފައިނަލްގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗާ ހަމައަށް އެންޗެލޯޓީ ރެއާލްގެ ކޯޗުގެ ގޮތުގައި ހުންނާނެއެވެ. ނަމަވެސް މި މެޗަށްފަހު އޭނާ ކުލަބުން ވަކިވާނެ ކަމަށް ބެލެވެއެވެ.
ޑޮމެސްޓިކް ޑަބަލް ހޯދުމަށް ރެއާލާއި ބާސެލޯނާ ކުރިމަތިލާއިރު، ލީގުގައި ރެއާލް އޮތީ ބާސާއަށްވުރެ ހަތަރު ޕޮއިންޓް ފަހަތުގައެވެ. މޭ މަހުގެ 11 ވނަ ދުވަހު އެލް ކްލެސިކޯގައި މި ދެ ޓީމު ބައްދަލުކުރާއިރު، ބާސެލޯނާގައި ގުޅޭ މެޗަށް އެންޗެލޯޓީ ކޯޗުކޮށްދޭނެ ކަމަށް ނުބެލެވެއެވެ.
ބްރެޒިލުން ދަނީ އެންޗެލޯޓީ އެ ޓީމުގެ އައު ހެޑް ކޯޗުގެ މަޤާމަށް ޢައްޔަންކުރުމަށް މަސައްކަތް ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން