އެމެރިކާގެ އެމް.އެލް.އެސް ލީގުގައި އިންޓަރ މަޔާމީ ކުޅުނު ދެވަނަ މެޗުން މޮޅުވެ ތާވަލުގެ ދެވަނަޔަށް ޖެހިލައިފިއެވެ.
ލީގުގެ ދެވަނަ ހަފްތާގައި، މަޔާމީ ގެ ޗޭސް ސްޓޭޑިޔަމްގައި ޗާލޮޓް އެފް.ސީ އާއި ބައްދަލު ކުރި މެޗް މަޔާމީ އިން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާ އަކުންނެއެވެ.
ފުރަތަމަ ހާފްގެ 38 ވަނަ މިނިޓުގައި މަޔާމީ ގެ އޮސްކާ އުސްތާރީ އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުން މެޗުގެ ބޮޑު ބައި އެ ޓީމުން ކުޅެފައި ވަނީ ކުޅުންތެރި އެއް މަދު ކޮށްނެއެވެ.މެޗުގެ ހަމަ އެކަނި ގޯލް މަޔާމީ އަށް ކާމިޔާބު ކޮށްދިނީ ޓަޑެއޯ އެލަންޑޭ އެވެ.އޭނާ ގޯލް ޖެހީ ފުރަތަމަ ހާފްގެ 43 ވަަނަ މިނިޓުގައެެވެ.
މި އީ ލީގުގައި މަޔާމީ ގެ ތަރި ލަޔޮނެލް މެސީ އާއި ނުލައި އެ ޓީމު މި ސީޒަނުގައި ކުޅުނު ދެވަނަ މެޗެއެވެ.މެސީ އާއި ނުލައި މެޗަށް އެ ޓީމު ނުކުތީ ކޮންމެވެސް ވަރެއްގެ އަނިޔާ އެއް މެސީ އަށް ކުރިމަތި ވެފައިވާތީ ކަމަށް ޓީމުގެ ކޯޗު މަޝަރާނޯ މެޗަށް ފަހު ބުންޏެއެވެ.ލީގު ގެ އިތުރުން ކޮންކާކަފް ގައި ޖެމެއިކާގެ ކަވަލިޔަރ އެފް.ސީ އާއި ދެކޮޅަށް ކުޅުނު މެޗުގައި ވެސް މެސީ ފެނިފައެއް ނުވެއެވެ.
''އަހަރެމެން ނިންމައިގެން ތިބީ މި މެޗުގެ ކޮންމެވެސް ހިސާބަކުން މެސީ ކުޅެން ނެރެން، ނަމަވެސް ރަތް ކާޑަކާއި އެކު ކުޅުންތެރިޔެއް މަދު ވުމުން ޕްލޭން ބަދަލު ކުރަން މަޖުބޫރުވީ، މެސީ މިހާރު އެހުރީ ކުޅެވޭ ވަރަށް ފިޓުވެފަ'' 08 ފަހަރު ބެލެންޑިޔޯ ހޯދާފައިވާ މެސީ ދަނޑުން ނުފެނުނު ސަބަބާއި ގުޅޭ ގޮތުން ކޯޗު މަޝަރާނޯ ބުންޏެއެވެ.
ލީގުގެ ދެވަނަ ހަފްތާގެ ކުޅުން ނިމުނު އިރު އިންޓަރ މަޔާމީ އޮތީ ތާވަލުގެ އީސްޓަރން ކޮންފަރެންސް ފަޅީގެ ދެވަނައިގައެވެ.އެ އީ 03 މެޗުން 07 ޕޮއިންޓް ހޯދަައިގެންނެއެވެ.ތާވަލުގެ އެއްވަނައިގަ އޮތީ03 މެޗުން 09 ޕޮއިންޓް ހޯދައިގެން ފިލަޑެލްފިޔާ އެފް.ސީ އެެވެ.
މަޔާމީ އަށް ދެން އެންމެ އަވަހަށް އޮންނާނީ ކޮންކާކަފް ގައި ޖަމައިކާގެ ކަވަލިޔަރ އާއި ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗެއެވެ
މި ލިޔުން ކިޔާލުމުން