Tuesday, October 27
ރެއާލް މެޑްރިޑް މޮޅުވެ ތާވަލުގެ ދެވަނަޔަށް!

ސްޕެނިޝް ލަލީ ގާ ގައި ރެއާލް މެޑްރިޑް މިރޭ ކުޅުނު މެޗުން މޮޅުވެ ތާވަލުގެ ދެވަނަޔަށް ޖެހިލައިފިއެވެ.

ފާއިތުވި ހަފްތާގައި ލީގުގައި ބެޓިސް އާއި ކުޅުނު މެޗުން މެޑްރިޑް ބަލިވެފައި ވީ ނަމަވެސް، މިރޭ މެޑްރިޑްގެ ބާނަބެއު ދަނޑުގައި އެ ޓީމު ކުޅުނު މެޗު ރެއާލް ސޮސިއެޑާޑް އާއި ވާދަކޮށް ކާމިޔާބު ކުރީ 2-1 ގެ ހަނި ނަތީޖާ އަކުންނެއެވެ.

މެޗުގެ ފުރަތަމަ ގޯލް 30 ވަނަ ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފްރާންސްގެ ފޯވާޑް ކިލިއަން އެމްބާޕޭ އެވެ.އޭގެ ހަތަރު މިނިޓު ފަހުން 02 ވަނަ ގޯލް ޖަހާ އެ ޓީމަށް ލީޑް ފުޅާ ކޮށްދިނީ ބްރެޒިލް ފޯވާޑް ވިނިޝިޔަސް ޖޫނިޔަރ އެވެ.ފުރަތަމަ ހާފްގެ ފަހު މިނިޓުކޮޅު ތެރޭ ވަޔެކާނޯ ގެ ޕެޑްރޯ ޑިޔާޒް ގޯލެއް ޖަހާ ފަރަގު ކުޑަ ކޮށްދިން ނަމަވެސް މެޗު ނިމުނީ 2-1 ގެ ނަތީޖާގައި އޮވެއެވެ.

މި ރޭގެ ނަތީޖާ އެކު ރެއާލް މެޑްރިޑް ވަނީ ތާވަލުގެ އެއްވަނައިގައި އޮތް ބާސަލޯނާ އާއި ޕޮއިންޓްގެ ގޮތުން އެއްވަރު ކޮށްފައެވެ.ބާސަލޯނާ އެެއްވަނައިގައި އޮތީ ރެއާލް އަށް ވުރެ އެއް މެޗު މަދުން ކުޅެގެން 57 ޕޮއިންޓާއި އެކު ފައިދާ ގޯލުގެ ތަފާތުންނެއެވެ.ބާސާ ގެ މެޗު ވަނީ އެ ޓީމުގެ ޑޮކްޓަރުގެ ކުއްލި މަރާއި އެކު ފަސް ކޮށްފައެވެ.

ލަލީ ގާ ގައި ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު އެތްލެޓިކޯ މެޑްރިޑް ވަނީ ގެޓަފޭ އަތުން ބަލިވެ ތާވަލުގެ ދެވަނައިން، ތިންވަޔަށް ސޮއްސާލާފައެވެ.

ގެޓަފޭ ގެ ކޮލީސިޔަމް ސްޓޭޑިޔަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލް މެޗުގެ 75 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ ލިބުނު ޕެނަލްޓީ އަކުން އެތްލެޓިކޯގެ ނޯވޭ ފޯވާޑް އެލެގްޒަންޑާ ސޮލާތް އެވެ.ގެޓަފޭ ކޮޅަށް މެޗު އެނބުރުނީ 88 ވަނަ މިނިޓުގައި އެތްލެޓިކޯގެ ކޮރިޔާ އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެންނެއެވެ.ގެޓަފޭ އަށް 89 ވަނަ މިނިޓުގައި އެއްވަރު ކޮށްދިން ގޯލް ޖަހައި ދީ އަދި މޮޅުވި ގޯލް މެޗުގެ އެންމެ ފަހު މިނިޓުގައި ކާމިޔާބު ކޮށްދިނީ މައުރޯ އަރަމްބާރީ އެވެ.

މި ނަތީޖާ އާއި އެކު އެތްލެޓިކޯ ތާވަލުގެ ތިންވަނައިގައި އޮތީ 27 މެޗުން 56 ޕޮއިންޓް ހޯދައިގެންނެއެވެ.އެ ޓީމަށް ދެން އޮތީ ލީގު ހޯދުމުގެ ރޭހުގައި ކޮންމެހެން މޮޅުވާން މަޖްބޫރު ބާސަލޯނާ މެޗެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު