Tuesday, October 27
ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމުގެ އެމްބަސަޑަރަކަށް ފަބްރީޒިއޯ

ދުނިޔޭގައި، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ހަމަޖައްސައިފިއެވެ.

ފަބްރީޒިއޯ އަކީ ފުޓްބޯޅަ ދުނިޔޭގެ ހަބަރުތައް އެންމެ އަވަހަށް ސައްހަ ކަމާއެކު ގެނެސްދޭ އެންމެ މަގްބޫލް ނޫސްވެރިޔާ އެވެ. މި ގޮތުން ފުޓްބޯޅަ ދުނިޔޭގެ ޓްރާންސްފަރ ހަބަރުތައް އެންމެ ފުރަތަމަ ވެސް ސައްހަ ކަމާއެކު އަންނަނީ ފަބްރީޒިއޯ މެދުވެރި ވެގެންނެއެވެ.

އިޓަލީ ވިލާތަށް އުފަން 32 އަހަރުގެ ނޫސްވެރިޔާ ވަނީ މީގެ ކުރިން ވެސް ރާއްޖެ ޒިޔާރަތް ކޮށްފައެވެ.މި ގޮތުން 2022 ވަނަ އަހަރު ބޭއްވި ރާއްޖޭގެ ކުޅިވަރު އެވޯޑްސް ހަފްލާގައި ހާއްސަ މެހްމާނެއްގެ ގޮތުން އޭނާ ބައިވެރިވެފައިވެއެވެ.

ވިޒިޓް މޯލްޑިވްސް އަދި ފަބްރީޒިއޯގެ ސޯޝަލް މީޑިއާ މަސްދަރުތަކުން ވަނީ މިއަދު ރާއްޖޭގެ އެމްބެސަޑަރަކަށް އޭނާ ހަމަޖެއްސިކަން އިއުލާން ކޮށް ވީޑިއޯ ޝާއިރު ކޮށްފައެވެ.ވީޑިޔޯ ގައި ފަބްރީޒިއޯ ބުނެފައިވާ ގޮތުން ކުރިޔަށް އޮތް ދުވަސްތަކުގައި އޭނާގެ މަސްދަރުތަކުން ރާއްޖޭގެ ފަތުރުވެރި ކަމާއި ބެހޭ އިތުރު ވީޑިޔޯ ފެނިގެންދާނެއެވެ.

"ރާއްޖޭގެ ރީތި ކަމާއި ހިތް ފަސޭހަ ކަން ފެންނަ ކޮންމެ ފަަހަރަކު ހައިރާން ވޭ، ބުރަ ކޮށް މަސައްކަތް ކުރުމަށް ފަހު އަރާމު ކޮށްލަން އަންނަން މި ފަދަ ދެވަނަ ތަނެއް ނެތް'" ފަބްރީޒިއޯ ގެ ވީޑިއޯ ތަކުގައި އޭނާ ބޭނުން ކުރާ މަޝްހޫރު ""ހިއަރ ވީ ގޯ"' އިން ވީޑިޔޯ ފަށަމުން ބުންޏެއެވެ.

ގްލޯބް ސްޕޯޓްސް އެވޯޑްސް ގެ އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާގެ އެވޯޑް އަދި އިޓަލީގެ އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާގެ އެވޯޑް މީގެ ކުރިން ހާސިލް ކޮށްފައިވާ ފަބްރީޒިއޯ އަކީ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިން އާއި އެންމެ ބޮޑެތި ކްލަބްތަކާއި އެކު ވަރަށް ގާތުން މަސައްކަތް ކުރާ ނޫސްވެރި އެކެވެ.މި ގޮތުން މީޑިޔާ އާއި އެކަހެރި ދުނިޔެ ދުއް އެންމެ މޮޅު ކުޅުންތެރިޔާ ކަަމަށް ގިނަ ބަޔަކު އިއްތިފާގްވާ ލަޔަނަލް މެސީ ގެ ހާއްސަ އިންޓަރވިއު އެއްވެސް އޭނާ ވަނީ ގެނެސްދީފައެވެ.

ޔޫޓިއުބް، ޓްވިޓަރ، ފޭސްބުކް އަދި އިންސްޓާގްރާމް ގައި ފަބްރީޒިއޯ އަށް ފޮލޯ ކުރާ މީހުންގެ އަދަދު 81 މިލިއަނަށް ވުރެ މައްޗަށް އަރައެވެ.އޭގެ ތެރޭގައި ފުޓްބޯޅަ ދުނިޔޭގެ އެންމެ މޮޅު މަޝްހޫރު ނަންތަކާއި '"ބްރޭންޑް"' ހިމެނެއެވެ.

ފަބްރީޒިއޯ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ހަމަޖެއްސުމުން މަތީ ފަންތީގެ ފަތުރުވެރިންގެ މެދުގައި ރާއްޖެ ވަރަށް ބޮޑަށް އިޝްތިހާރު ވެގެން ދާނެކަމަށް ބެލެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު