Saturday, October 31
އާސެނަލް އަށް ހަތް ތަރީގެ މޮޅެއް!

ޗެމްޕިއަންސް ލީގު ދެވަނަ ބުރުގެ ފުރަތަމަ ލެގު ތަފާތު ބޮޑު ނަތީޖާ އަކުން އާސެނަލް ކާމިޔާބު ކޮށްފިއެވެ.

ޕީ.އެސް.ވީ ގެ ފިލިޕްސް ސްޓޭޑިއަމް ގައި ކުޅުނު މި މެޗު އާސެނަލް އިން ކާމިޔާބު ކޮށްފައި ވަނީ 7-1 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެއެވެ.

މެޗުގެ ފުރަތަމަ ގޯލް މެޗުގެ 18 ވަނަ މިނިޓުގައި ކާމިޔާބު ކޮށްދިނީ އާސެނަލް ގެ ހޮލެންޑް ޑިފެންޑަރު ޖުރިއެން ޓިމްބަރ އެވެ.ދެވަނަ ގޯލް 21 މިނިޓުގައި އިނގިރޭސި ފޯވާޑް އީތަން އެންވަނޭރީ ކާމިޔާބު ކޮށްދިން އިރު 31 ވަނަ މިނިޓުގައި މިކެލް މެރީނޯ ވަނީ 03 ވަނަ ގޯލް ކާމިޔާބު ކޮށްދީ އާސެނަލް ކޮޅަށް މެޗު އަނބުރާލާފައެވެ.

ދެވަނަ ހާފް ފެށިގެން އާސެނަލްގެ ކެޕްޓަން އޮޑެގާޑް ވަނީ އެޓީމަށް ދެ ގޯލް ކާމިޔާބު ކޮށްދީފައެވެ.ފުރަތަމަ ގޯލް 47 ވަނަ މިނިޓުގައި ޖަހައި ދިން އިރު ފަހު ގޯލް ކާމިޔާބު ކޮށްދިނީ 73 ވަނަ މިނިޓުގައެވެ.އާސެނަލްގެ އަނެއް ދެ ގޯލް ކާމިޔާބު ކޮށްދިނީ ބެލްޖިއަމް ފޯވާޑް ޓްރޮސާޑް އާއި އިޓަލީގެ ކަލިފިއޯރީ އެވެ.

މި ނަތީޖާ އާއި އެކު އާސެނަލް އަށް ވަނީ ގާތްގަނޑަކަށް ކުއާޓަރ ފައިނަލުގެ ޖާގަ އެއް ކަށަވަރު ވެފައެވެ.ދެވަނަ ލެގުގައި އާސެނަލް ދަނޑުގައި 07 ގޯލް ޖަހައިގެން ނޫން ގޮތަކަށް ޕީ.އެސް.ވީ އަށް އެއްވެސް ފުރުސަތެއް ނޯންނާނެއެވެ.މި އީ ވުމަށް ވުރެ ނުވުން ގާތް ކަމެއެކެވެ.ދެވަނަ ލެގް ކުޅޭނީ މާޗް 13 ވަނަ ދުވަހު ލަންޑަނުގަ އެވެ.

ޗެމްޕިއަންސް ލީގުގައި މިރޭ ވެސް ފޯރި ގަދަ މެޗުތަކެއް ކުޅެވިގެން ދާނެއެވެ.މި ގޮތުން ސްޕެއިންގެ ބާސެލޯނާ ރަށުން ބޭރުގައި ނުކުންނާނީ ޕޯޗުގަލްގެ ބެންފީކާ އާއި ދެކޮޅަށެއެވެ.ޖަރުމަނުގެ ބަޔާން މިއުނިކް ނުކުންނާނީ އެ ގައުމުގެ ބަޔާ ލެވަކޫސަން އާއި ދެކޮޅަށެއެވެ.މި މެޗް ކުޅޭނީ މިއުނިކް ގެ އަލިއަންޒް އެރީނާ ގައެވެ.މީގެ އިތުރުން އިޓަލީގެ އިންޓަރ މިލާނުން ރަށުން ބޭރުގައި ހޮލެންޑް ގެ ފޭނޫޑް އާއި ދެ ކޮޅަށް ނުކުންނަ އިރު ފްރާންސް ގެ ޕީ.އެސް.ޖީ އަމިއްލަ ދަނޑުގައި ނުކުންނާނީ އިނގިރޭސި ވިލާތުގެ ލިވާޕޫލް އާއި ދެކޮޅަށެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު