އެފް އޭ ކަޕް ފަސް ވަނަ ބުރުން މަންޗެސްޓަރ ޔުނައިޓެޑް ބަލިވެ މުބާރާތުން ކަޓައިފިއެވެ.
އިނގިރޭސި ވިލާތުގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް ކަމަށްވާ އެފް.އޭ ކަޕުން ޔުނައިޓެޑް ކެޓީ އަމިއްލަ ދަނޑުގައި ފުލަމް ފުޓްބޯޅަ ކްލަބް އާއި ބައްދަލު ކުރި މެޗުން ޕެނަލްޓީ ޖަހައިގެން 4-3 ގެ ނަތީޖާ އަކުން ބަލިވެގެންނެއެވެ.
މެޗުގެ ފުރަތަމަ ގޯލް ފުރަތަމަ ހާފްގެ އެންމެ ފަހު ވަގުތު ކޮޅު ތެރޭ ކާމިޔާބު ކޮށްދިނީ ފުލަމްގެ ކެލްވިން ބަސޭއެވެ.މުޅި މެޗް ކަހަލަ ގޮތަކަށް ފުލަމް އިން ކޮންޓްރޯލް ކޮށްގެން ކުޅުނު އިރު، ޔުނައިޓެޑް އިން އެއްވަރު ކުރި ގޯލް ކާމިޔާބު ކޮށްދިނީ ފަހު ހާފް ގެ 70 ވަނަ މިނިޓުގައި ބުރޫނޯ ފެނަންޑޭޒް އެވެ.
ފުރިހަމަ ވަގުތު ހަމަވި އިރު ދެ ޓީމު އެއްވަރުވެފަ އޮތުމުން ނަތީޖާ ނެރެން ޖެހުނީ ޕެނެލްޓީ އިންނެއެވެ.ޔުނައިޓެޑްގެ ޒިކްޒީ އާއި ލިންޑްލޯފް ޖެހި ޕެނަލްޓީ ނާކާމިޔާބު ވި އިރު ފުލަމް އިން ޖެހި 04 ޕެނަލްޓީ ވެސް ވަނީ ކާމިޔާބު ކޮށްފައެވެ.
މެޗަށްފަހު މަންޗެސްޓަރ ގެ ކޯޗް އަމޯރިމް ވަނީ އެ ޓީމުގެ ކުޅުމަށް ފާޑު ކިޔަމުންދާ ޓީމު ގެ ކުރީގެ ކުޅުންތެރިންނަށް ރައްދު ދީފައެވެ.މި ގޮތުން ވޭން ރޫނީ، ޔުނައިޓެޑްގެ ކުޅުމާއި މެދު ފާޑު ކިޔުމުން އަމޯރިމް ވަނީ ޓީވީ އަށް އަރާ މެޗު އަދި ކޯޗުންގެ ރޭވުންތެރި ކަމަށް ފާޑު ކިޔުމަކީ ފަސޭހަ ކަމެއް ނަމަވެސް ފުޓުބޯޅަ ޓީމެއް ގޮވައިގެން ކާމިޔާބު ހޯދުމަކީ ކޮންމެ މީހަކަށް ވާނެ ކަމެއް ނޫން ކަމަށް ބުނެ ރޫނީގެ ކޯޗިންގ ކެރިއަރ އަށް ފާޑު ކިޔާފަ އެވެ.
''އަހަރެމެންގެ ބޭނުންވަނީ އަލުން މި ޓީމަށް ޕްރިމިއަރ ލީގް ކާމިޔާބު ކޮށްދޭން، ޓީމުގެ ކުޅުންތެރިން، ބޯޑު އަދި ކޯޗިންގ ސްޓާފުންގެ ވެސް ޓާގެޓަކީ އެއީ، އެ އަމާޒަށް މި އަހަރު ނޫނީ އަންނަ އަހަރު ވާސިލު ނުވެވިދާނެ، ނަމަވެސް މި ޓީމުގެ ލަނޑު ދަނޑި އަކީ ލީގު ކާމިޔާބު ކުރުން'' މެޗަށް ފަހު އަމޯރިމް ބުންޏެއެވެ.
މި ވަގުތު ޔުނައިޓެޑް އޮތީ ލީގު ތާވަލުގެ 15 ވަނައިގައި ރެލިގޭޝަން އަށް ވުރެ 03 ދަރަޖަ މަތީގައެވެ.
މި ލިޔުން ކިޔާލުމުން