Saturday, October 31
ބާސާ މޮޅުވެ އެއްވަނައިގައި ހަމަޖެހިލައިފި

ސްޕެނިޝް ލަ ލީގާ ގައި ބާސަލޯނާ މިރޭ ކުޅުނު މެޗުން ތަފާތު ބޮޑުކޮށް މޮޅުވެއްޖެ އެވެ.

ބާސާގެ ސްޕޮޓިފައި ކޭމްޕް ނޫ ދަނޑުގައި ރެއަލް ސޮސިއެޑާޑް އާއި ދެ ކޮޅަށް ކުޅުނު މި މެޗް ބާސަލޯނާ ކާމިޔާބު ކުރީ 4-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެއެވެ.

މެޗުގެ ފުރަތަމަ ގޯލް 25 ވަނަ މިނިޓުގައި ޖެރާޑް މާޓިން ޖަހައި ދިނީ ޑެނީ އޮލްމޯ ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ.ދެވަނަ ގޯލް ޖަހަން ވެސް ފުރުސަތު ތަނަވަސް ކޮށްދިނީ ޑެނީ އެލްމޯ އެވެ.29 ވަނަ މިނިޓުގައި ދެވަނަ ގޯލް ޖަހައިދިނީ މާކް ކަސާޑޯ އެވެ.

ބާސަލޯނާ މޮޅަށް ކުޅެމުން ދިޔަ މި މެޗުގައި އެ ޓީމުގެ 03 ވަނަ ގޯލް ޖަހައި ދިނީ ރޮނާލްޑް އަރައުހޯ އެވެ.ބާސަލޯނާގެ ފަހު ގޯލް 60 ވަނަ މިނިޓުގައި އަރައުހޯ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައި ދިނީ ރޮބަރޓް ލެވަންޑޯސްކީ އެވެ.މެޗުގެ 17 ވަނަ މިނިޓުގައި ރެއަލް ސޮސިއެޑާޑް ގެ އަރިޒް އެލުސްޓުންޑޯ އަށް ވަނީ ރަތް ކާޑް ދައްކާ ދަނޑުން ފޮނުވާލާފައެވެ.އޭނާ އަށް ކާޑް ދެއްކީ ބާސަލޯނާގެ އެލްމޯ ހުސް ގޯލަކަށް ޖަހަން ދިޔަ ބޯޅައެއްގައި ފަހަތުން އެލްމޯ އަށް ފައުލް ކުރުމުންނެއެވެ.

މި މެޗުން މޮޅުވެ ބާސާ ވަނީ ތާވަލުގައި 03 ޕޮއިންޓްގެ ލީޑް އަކާއި އެކު ހަަމަ ޖެހިލާފައެވެ.ބާސާ އެއްވަނައިގައި އޮތީ 26 މެޗުން 57 ޕޮއިންޓްް ހޯދައިގެންނެއެވެ.ދެ ވަނައިގައި އެތްލެޓިކޯ މެޑްރިޑް އޮތީ 56 ޕޮއިންޓް އާއި އެކު އެވެ.

ބާސަލޯނާ އަށް އެންމެ އަވަހަށް ދެން އޮންނާނީ ޗެމްޕިއަންސް ލީގުގައި ބެންފީކާ އާއި ދެކޮޅަށް ކުޅޭ މެޗް އެވެ.މި މެޗު އޮންނާނީ މާޗް 06 ވަނަ ދުވަހު ރާއްޖެ ގަޑިން ދަންވަރު 06 ޖަހާ އިރު އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު