Saturday, October 31
ރެއަލް މެޑްރިޑް ބަލިވެ ލީގު ރޭހުގައި ފަހަތަށް!

 

ސްޕެނިޝް ލަލީގާ ގައި ރެއަލް މެޑްރިޑް ރޭ ކުޅުނު މެޗުން ބަލިވެ ލީގު ރޭހުގައި ފަހަތަށް ސޮއްސާލައިފިއެވެ.

ބެޓިސްގެ ބެނީތޯ ވިޔަމެރިން ދަނޑުގައި ކުޅުނު މި މެޗުގައި ރެއަލް މެޑްރިޑް ބަލިވީ 2-1 ނަތީޖާ އަކުންނެއެވެ.ފުރަތަމަ ހާފްގެ 10 ވަނަ މިނިޓުގައި ރެއަލްގެ ފުރަތަމަ ގޯލް ޖަހައިދިނީ ބްރާހިމީ ޑިޔާޒް އެވެ.

ރެއަލް ބެޓިސް އިން މެޗު އެއްވަރު ކުރީ ޖޯނީ ކަޑާސޯ އެވެ.މި ގޯލް ކާމިޔާބު ކޮށްދިނީ ފުރަތަމަ ހާފްގެ 34 ވަނަ މިނިޓުގައެވެ.ބެޓިސް މޮޅުވި ގޯލް ފަހު ހާފްގެ 54 ވަަނަ މިނިޓުގައި ލިބުނު ޕެނަލްޓީ އަކުން ޖަހައިދިނީ އިސްކޯ އެވެ.އިސްކޯ އަކީ ރެއަލް މެެޑްރިޑް އިން ބެޓިސް އަށް ބަދަލުވި ކުޅުންތެރި އެކެވެ.

ރެއަލް މެޑްރިޑް ބަލިވުމުން މިރޭ ކުޅޭ މެޗުން މޮޅުވެގެން ބާސަލޯނާ އަށް ލީގު ތާވަލުގެ އެއްވަނައިގައި ހަަމަ ޖެހިލެވޭނެ އެވެ.26 މެޗުން ރެއަލް އަށް 54 ޕޮއިންޓް ލިބިފައި ވާއިރު، މިރޭގެ މެޗުން މޮޅުވެގެން ބާސާ އަށް 03 ޕޮއިންޓަށް ލީޑް ފުޅާ ކުރެވޭނެއެވެ.ރަނގަޅު ފޯމެއްގައި މި ވަގުތު އޮތް ރެއަލް ބެޓިސް އޮތީ 26 މެޗުން 38 ޕޮއިންޓް ހޯދައިގެން ތާވަލުގެ 6 ވަނައިގައެވެ.

ލަލީ ގާ ގައި ކުޅުނު އިތުރު މެޗުތަކަށް ބަލާލާއިރު، އެތްލެޓިކޯ މެޑްރިޑް އިން ވަނީ އެތްލެޓިކް ކްލަބް 1-0 ގެ ނަތީޖާ އަކުން ބަލިކޮށް ތާވަލުގެ އެއްވަނަ އަށް ޖެހިލާފައެވެ.މެޗުގެ ހަމަ އެކަނި ގޯލް 66 ވަނަ މިޓުގައި ކާމިޔާބު ކޮށްދިނީ ހޫލިއަން އަލްވަރޭޒް އެވެ.މި އީ މަންޗެސްޓަރ ސިޓީ އިން އެތްލެޓިކޯ އަށް ބަދަލުވި ހުނަރުވެރި ފޯވާޑް އެ ޓީމަށް މި ސީޒަނުގައި ކާމިޔާބު ކޮށްދިން 21 ވަނަ ގޯލް އެވެ.މީގެ ތެރެއިން 10 ގޯލް ޖަހާދީފައި ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ އެވެ.

މި ނަތީޖާ އާއި އެކު އެތްލެޓިކޯ ވަނީ 26 މެޗުން 56 ޕޮއިންޓް ހޯދައިގެން ރެއަލް ގެ ކުރިޔަށް ތާވަލުގެ 02 ވަނަ އަށް ޖެހިލާފައެވެ.އެތްލެޓިކޯ އަށް ދެން އެންމެ އަވަހަށް އޮންނާނީ ޗެމްޕިއަންސް ލީގުގައި ރެއަލް މެޑްރިޑް އާއި ދެކޮޅަށް ކުޅޭ މެޗް އެވެ.މި މެޗް ކުޅޭނީ މާޗް 05 ވަނަ ދުވަހު ރާއްޖެ ގަޑިން ދަންވަރު 01 ޖަހާއިރު މެޑްރިޑް ދަނޑުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު