އާދިއްތަ, November 1
މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ހަޒާޑް ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ
މަޝްހޫރު ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ، އީޑެން ހަޒާޑް ޗުއްތީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެއެވެ. އޭނާ ޗުއްޓީ ހޭދަމުން އަންނަނީ ރ. އަތޮޅުގައި އޮންނަ ޖޯލި މޯލްޑިވްސް ރިސޯޓުގައެވެ. އޭނާ ރާއްޖެ އައިސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ރޭއެވެ.
 
View this post on Instagram
 

A post shared by Eden Hazard (@hazardeden_10)

ހަޒާޑް ވަނީ ރާއްޖޭގެ ޤައުމީ ޓީމަށާއި މާޒިޔާއަށް ކުޅެމުން އަންނަ ހަމްޒާ މުހައްމަދު (ހަމްޕް) އަށް އޭނާގެ އޮޓޮގްރާފް ދީފަ އެވެ. މިގޮތުން ހަމްޕު ވަނީ ހަޒާޑް ސޮއިކޮށްފައިވާ އޭނާ މާޒިޔާއަށް ކުޅުނު ޖާޒީގެ ފޮޓޯތައް މީސްމީޑިއާގައި އާންމުކޮށްފައެވެ. ހަޒާޑް ވަނީ ބެލްޖިއަމްގެ ޤައުމީ ޓީމުގެ އިތުރުން ޗެލްސީ އާއި ރެއާލް މެޑްރިޑަށް ވެސް ކުޅެފައެވެ. އޭނާއަކީ އެއިރުގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. އުމުރުން 16 އަހަރުގައި ކުލަބަކަށް ކުޅެން ފެށި ހަޒާޑް ފުޓުބޯޅައިން ރިޓަޔަރ ކުރިކަން އިޢުލާންކުރީ 10 އޮކްޓޫބަރު 2023 ގައެވެ. އެއިރު އޭނާގެ އުމުރުން 32 އަހަރެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު